14 ނޮވެމްބަރ 2024
ހަކުރު ބަލި ޖެހިފައިވާ މީހުންގެ އަދަދު، 30 އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހަކުރު ބަލި ޖެހިފައިވާ މީހުންގެ އަދަދު، 30 އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ދުނިޔޭގައި މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހާ ދިމާކޮށް ދަ ލާންސިޓް ޖާނަލްގައި ޝާއިއުކުރި ރިޕޯޓުގައި ބުނީ ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެ މައްސަލަތައް އެންމެ ބޮޑުވެފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކަމަށެވެ.
ނަމަވެސް ޖަޕާން، ކެނެޑާ، ފްރާންސް އަދި ޑެންމާކް ފަދަ މުއްސަނދި ބައެއް ގައުމުތަކުގައި ހަކުރު ބަލީގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ ދަށަށް ގޮސްފައިވާކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.
ސައިންސްވެރިން އަންދާޒާކޮށްފައިވާ ގޮތުގައި ހަކުރު ބަލީގެ 800 މިލިއަނަށް ވުރެ ގިނަ މީހުން މި ވަގުތު ދުނިޔޭގައި ތިބޭނެ އެވެ. އެ އަދަދު 1990 ވަނަ އަހަރާ ހިސާބުގައި، 200 މިލިއަނަށް ވުރެ ދަށް ކަމަށް ވެސް ބުންޏެވެ.
މި އަދަދުތަކުގެ ތެރޭގައި ހަކުރު ބަލީގެ މައިގަނޑު ދެ ބާވަތް ވެސް ހިމެނެ އެވެ. ޓައިޕް 1 އަކީ ކުޑައިރު، އިންސިއުލިން ޑެފިޝެންސީގެ ސަބަބުން ދިމާވާ ކަމެކެވެ.
ޓައިޕް 2 ގެ އަސަރު މައިގަނޑު ގޮތެއްގައި ކުރަނީ މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް އިންސިއުލިން ސެންސިޓިވިޓީގެ ސަބަބުންނެވެ.
ހަކުރު ބައްޔަށް ފަރުވާކުރުމުގައި މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ފަރަގު ހުންނަ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން، ތިރީސް އަހަރުން މަތީގެ ފަސް މީހުންގެ ތެރެއިން ތިން މީހުން ނުވަތަ 445 މިލިއަން މީހުން 2022 ވަނަ އަހަރު ހަކުރު ބައްޔަށް ފަރުވާ ހޯދާފައި ނުވާ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.
އިންޑިއާގައި އެކަނި ވެސް އެ އަދަދުގެ ތިން ބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ކަމަށް ބުނެފައިވެ އެވެ. ސަބް ސަހަރާ އެފްރިކާގައި ހަކުރު ބަލި ހުންނަ ބޮޑެތި މީހުންގެ ތެރެއިން ފަރުވާ ލިބިފައިވަނީ 5-10 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނަށެވެ.
ހަކުރު ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ ކިޑްނީ ބައްޔާއި ހިތުގެ މައްސަލަ އަދި ލޮލުގެ ފެނުމަށް ވެސް އަސަރުކުރެ އެވެ.
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
އޮސް މެޑިކަލްސް އިން ހަކުރު ޓެސްޓް ހިލޭ ހަދައިދެނީ
އޭޑީކޭއިން ހިލޭ ހެލްތު ސްކްރީން ކޮށްދެނީ
ހަކުރު ބަލީގެ ނުރައްކާ ބޮޑު، ހާއްސަ ހަރަކާތްތަކެއް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
4 އަތޮޅެއްގެ އާބާދީގެ ސިއްހަތާ މެދު ކަންބޮޑުވުން
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ