ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ކުރެއްވުމަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދޭނެ ކަމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.
18 ޖޫން 2018
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ކުރެއްވުމަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދޭނެ ކަމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.
ދައުލަތުގެ ބަޖެޓުން ހަަރަދުކޮށްގެން ހިންގާ ޕީއެސްއެމްއަކީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެއް ގޮތަށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ. ވަކި ފަރާތަކަށް ނުޖެހި ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ގާނޫނުން ޕީއެސްއެމް އަށް ހާޒިިމް ކުރެ އެވެ.
ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅު ފަރާތްތަކަށް މިހާރު ވެސް އެއްވެސް ފުރުސަތު ނުލިބި، ހަމައެކަނި ޕީޕީއެމްގެ އިވެންޓްތަކާއި ޕީޕީއެމްގެ ޕްރޮމޯޝަންތައް ހިންގާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ޓީވީއެމްގެ އެއްވެސް ޕްރޮގްރާމަކުން އެ މީހުންނަށް ފުރުސަތު ނުދީ، އެތަނުން ޕީޕީއެމްގެ ޕްރޮޕެގެންޑާ ހިންގާތާ ކިތަންްމެ ދުވަހެއް ވެއްޖެ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ހަލީލް "މިހާރު" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި އެ މީޑިއާގެ ޗެނަލްތަކުން ފުރުސަތު ލިބޭނެ ކަމަށެވެ. އެ ފުރުސަތުތައް ދޭން ފަށާނީ އިލެކްޝަންސް ކޮމިޝަނުން ކެނޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން ކަމަށް ހަލީލް ވިދާޅުވި އެވެ.
އެކަމަކު ކެނޑިޑޭޓުންނަށް ފުރުސަތު ދޭނެ ގޮތުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ވިދާޅުވީ އެ އުސޫލްތައް ގެޒެޓްގައި އިއުލާން ކުރާނެ ކަމަށެވެ.
"ގާނޫނުގައި ބުނެފައިވާ ގޮތަށް [ހަމަހަމަ ފުރުސަތު] ލިބޭނެ،" ހަލީލް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ޕީއެސްއެމްގެ ޗެނަލްތަކުން ފުރުސަތު ނުދެނީ ކީއްވެގެންތޯ ދެންނެވުމުން ހަލީލް ވިދާޅުވީ "އެއީ އެ މީހަކު ހުންނަ ތަނަކުން ފެންނަ ގޮތް" ކަމަށެވެ.
ރިޔާސީ އިންތިހާބު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސްއިން ވަނީ ނިންމައިފަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލާނެ އެވެ.
ޕީއެސްއެމްގެ އިސް ވެރިންނާ އެމްޑީޕީން ބައްދަލުކޮށްފި
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
އިދިކޮޅު ނިއުސް ކޮންފަރެންސަށް ހުރަސް އަޅައިފި
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!
ޕީއެސްއެމްގެ ޗެއާއަކަށް ހިލްމީ، ބޯޑު މެމްބަރަށް މަރީ
"ސަރުކާރުން ދައުލަތުގެ މީޑިއާއަށް ނުފޫޒެއް ނުފޯރުވާނެ"
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއްނުކުރާނެ