Roadha Mihaaru
ގެޓްސެޓް ލޯނުގެ ފޯމުތައް ބަލައިގަންނަން ފަށައިފި

ގެޓްސެޓް ލޯނުގެ ފޯމުތައް ބަލައިގަންނަން ފަށައިފި

24 ޖޫން 2018

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ކުރިއަށްގެންދާ ގެޓްސެޓް ލޯނުގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަންނަން މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ކުރިއަށްގެންދާ ގެޓްސެޓް ލޯނުގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަންނަން މިއަދު ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީން އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށެވެ.

ހިދުމަތް ދިނުމަށް ޓޯކަން ނަމްބަރު ދޫކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށެވެ.

ގެޓްސެޓް ލޯންގެ ތިން ވަނަ ބުރު މީގެ މަހެއްހާ ދުވަސް ކުރިން އިއުލާންކޮށް، ތައްޔާރުވުމަށް އެންގި އެވެ. އެއީ ލޯނަށް ހުށަހަޅާ ބިޒްނަސް ޕްރޮޕޯސަލް ތައްޔާރު ކުރުމަށެވެ. ގެޓްސެޓް ލޯނަށް ހުށަހެޅެނީ މަދުވެގެން ދެ މީހަކު ގުޅިގެން ފަށާ ވިޔަފާރިތަކަށެވެ. އެ ލޯނަށް ހުށަހެޅެނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކޮންމެ އަހަރަކުވެސް، ގެޓްސެޓް ލޯނުގެ ގޮތުގައި 40 މިލިޔަން ރުފިޔާ ދޫކުރެ އެވެ. މިހާތަނަށް ގެޓްސެޓް ލޯނުގެ ގޮތުގައި 71 މީހަކަށް ލޯން ދީފައިވެ އެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.