Roadha Mihaaru
ގެޓްސެޓް ލޯނު ލިބޭ 37 މީހުންގެ ލިސްޓް އާއްމުކޮށްފި

ގެޓްސެޓް ލޯނު ލިބޭ 37 މީހުންގެ ލިސްޓް އާއްމުކޮށްފި

23 ނޮވެމްބަރ 2017

ޒުވާން ވިޔަފާރި ވެރިން އުފައްދަން ސަރުކާރުން ކުރިއަށްގެންދާ ގެޓްސެޓް ލޯނު ލިބޭ މީހުންގެ ލިސްޓް މިއަދު އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒުވާން ވިޔަފާރި ވެރިން އުފައްދަން ސަރުކާރުން ކުރިއަށްގެންދާ ގެޓްސެޓް ލޯނު ލިބޭ މީހުންގެ ލިސްޓް މިއަދު އާއްމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވަނީ އެ ލޯނު ލިބޭ 37 މީހުންގެ ފޯމު ނަންބަރާ އެކު ލިސްޓް ނެރެފަ އެވެ. ނަމަވެސް ލޯނު ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް ނެތެވެ.

އެ މިނިސްޓްރީން ބުނީ ލޯނު ލިބުނު މީހުންނަށް ގުޅައިގެން އެ ކަންތައްތައް ހަމަޖައްސާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ގެޓްސެޓް ލޯނަށް މިއަހަރު 470 އެއްހާ މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން 20 ފޯމު ރިޖެކްޓު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގެޓްސެޓް ލޯނުގެ ގޮތުގައި މި އަހަރު 28 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

މީގެ ދެ އަހަރު ކުރިން ފެށި ގެޓްސެޓް ލޯނު ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެކަމަށް އެދޭ ޒުވާނުންނަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ދޭނެ އެވެ.

ގެޓްސެޓް ލޯނަށް ހުށަހެޅެނީ މަދުވެގެން ދެ މީހަކު ގުޅިގެން ފަށާ ވިޔަފާރިތަކަށެވެ.