Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާ ލިބިއްޖެ

24 ޖޫން 2018

ހުޅުމާލޭގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި ޒުވާނަކު އަނިޔާ ވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި ޒުވާނަކު އަނިޔާ ވެއްޖެ އެވެ.

ނިރޮޅުމަގުގައި ސައިކަލަކާއި ވޭނެއް ޖެހިިގެން ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނީ، ސައިކަލް ދުއްވަން އިން 22 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން މެންދުރު ފަހު 3:40 ހާއިރު ޒުވާނަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ރަނގަޅު ހާލަތުގައި އޮތް ޒުވާނާގެ އާއިލާއިން ބޭނުންވެގެން އޭނާ ފަހުން ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ، އެކަމަކު އޭނާއަށް ލިބުނު އަނިޔާތަކެއް އެ ހޮސްޕިޓަލުން ނުބުނެ އެވެ.

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ވެހިކަލް.

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޖެހުނު ދެ ވެހިކަލް.

"މި ހޮސްޕިޓަލުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު ސްޓޭބަލް ހާލަތުގައި އޮތީ. ނަމަވެސް އާއިލާއިން ބޭނުންވެގެން އެކޮޅަށް ފޮނުވާލީ،" އާސަންދަ ކުންުފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގާފައި މިވަނީ، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަނިކޮށެވެ.

މިދިޔަ ރޯދަ މަހު އެކަނި ވެސް ހުޅުމާލޭގައި ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައި ހަ މީހަކަށް އަނިޔާ ލިބުނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.