Roadha Mihaaru
ރެޑްވޭވްގެ ރޯދަ ސޭލްގެ ގުރު ނަގައިފި

ރެޑްވޭވްގެ ރޯދަ ސޭލްގެ ގުރު ނަގައިފި

28 ޖޫން 2018

ރޯދަމަހާ ދިމާކޮށް ރެޑްވޭވް ކުރިޔަށް ގެންދިޔަ ސޭލްގެ ގުރު ނެގުން އިއްޔެ ރޭ ބާއްވައިފި އެވެ.

ރޯދަމަހާ ދިމާކޮށް ރެޑްވޭވް ކުރިޔަށް ގެންދިޔަ ސޭލްގެ ގުރު ނެގުން އިއްޔެ ރޭ ބާއްވައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުނިން މި ފަހަރު ރޯދަ ސޭލްގެ އެއްވަނަ އިނާމަކަށް 100،000ރ. ދިންއިރު، ދެ ވަ ނަ އިނާމަކަށް ދިނީ 50،000ރ. އެވެ. އޭގެ އިތުރުން ތިން ވަނަ އިން ފެށިގެން 10 ވަނައާ ދެމެދު ކޮންމެ ވަނައަކަށް 10،000ރ.ގެ ފައިސާގެ އިނާމެއް ދީފައިވެ އެވެ.

އެންމެ ގިނަ ނަގުދު ފައިސާ ދޭ ސޭލްގެ އެއްވަނަ އިނާމްގެ ގޮތުގައި ކަނޑައެޅި 100،000ރ. ލިބުނީ މުހައްމަދު ކިޔާ މީހަކަށެވެ. އަދި ދެވަނަ އިނާމްގެ ގޮތުގައި ކަނޑައެޅި 50،000ރ. ލިބުނީ ޒާހިރު ކިޔާ މީހަކަށެވެ. އަދި އެ ގުރުއަތުލުމުގައި ތިން ވަނައިން ފެށިގެން ދިހަވަނައާ ހަމަޔަށް އިނާމްގެ ގޮތުގައި 10،000ރ.ގެ ފައިސާ ލިބޭ މީހުން ވެސް ހޮވި އެވެ.

ރޯދަ މަސް ނިމެންދެން ކުރިޔަށް ގެންދިޔަ ސޭލްގެ ގުރުއަތުގައި ބައިވެރިކޮށްފައި ވަނީ 300ރ. އިން މަތީގެ ވިޔަފާރިކުރި ފަރާތްތަކެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރުގެ ޕްރޮމޯޝަންގައި ބައި މިލިއަނަށްވުރެ ގިނަ ކޫޕަންލި ކަމަށެވެ. އަދި މިއީ އެހެން އަހަރުތަކަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހީނުކުރާ މިންވަރުގެ ބޮޑު ތަރުހީބެއް މިފަހަރު ލިބުނު. އަޅުގަނޑުމެން ބޭނުން ވަނީ ކަސްޓަމަރުންނަށް ނަގުދު ފައިސާ އިން އިނާމް ދޭން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ރީޓެއިލްކޮށް އެކި ބާވަތްތައް ވިއްކަން މާލެ އާއި މާލެ ސަރައްދުގައި ދިހަ ފިހާރަ ހިންގަ އެވެ. އެގޮތުން ކާބޯތަކެއްޗާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެތި ވިއްކާ ނުވަ ފިހާރަ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އިރު، ހުޅުމާލޭގައި ވެސް ބޮޑު ސުޕަ މާކެޓެއް ހިންގަ އެވެ.