Roadha Mihaaru
ރެޑްވޭވުން މޮލްފިކްސް ނެޕީ ރާއްޖެ އަށް ތައާރަފުކޮށްފި

ރެޑްވޭވުން މޮލްފިކްސް ނެޕީ ރާއްޖެ އަށް ތައާރަފުކޮށްފި

11 ޑިސެމްބަރ 2019

މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖެ އަށް ތައާރަފު ކުރުމުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޮލްފިކްސް ބްރޭންޑުގެ ނެޕީ ރާއްޖެ އަށް ތައާރަފު ކުރުމުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

ރެޑްވޭވުން ރާއްޖެ އަށް ގެނައި މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް އާއި ނެޕީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ނަން ހިނގާ މަޝްހޫރު ބްރޭންޑެކެވެ. ރެޑްވޭވުން ބުނީ މިއީ ސީދާ ޔޫރަޕުން ރާއްޖެ އަށް ގެންނަ ކޮލިޓީ ނެޕީ ބްރޭންޑެއް ކަމަށެވެ.

މި ނެޕީ އަކީ ތުއްތު ކުދިންގެ ނާޒުކު ހަމާ އެކަށީގެންވާނެހެން ފަރުމާ ކޮށްފައިވާ ނެޕީ އެކެވެ. މި ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން، ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެ އެވެ.

މީގެ އިތުރުން ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާ" ލައިނެއް ވެސް މި ނެޕީތަކުގައި ހިމެނެ އެވެ. ނެޕީގައިވާ ޑަބަލް ލޭޔަ އަދި ލީކުވުން ހުއްޓުވައިދޭ ބެރިއާގެ ސަބަބުން ނެޕީ ބޮޑަށް ފޯވެ، ލީކުވުން ހުއްޓުވައިދެ އެވެ. އަދި މި ބްރޭންޑުގެ ޕޭންޓުތަކުގައި ހިމެނޭ "އެނަޓޯމިކް ފިޓް" އާއި ނެޕީގައި ހިމެނޭ ތްރީޑީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާ އެއްގޮތަށް ނެޕީ ދެމި، ހަރުލުމަށް މަގުފަހިވެ އެވެ.

ރެޑްވޭވުން ބުނީ އެ ކުންފުނީގެ ފިހާރަތުން މިހާރު ލިބެން ހުންނަ މޮލްފިކްސް ބްރޭންޑްގެ ޕޭންޓްސް އާއި ނެޕީ ވަރަށް ހާއްސަ އަގުތަކެއްގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ލިބެން ހުންނާނެ ކަމަށެވެ. މިއީ ރާއްޖޭގެ ބާޒާރަށް ކޮލިޓީ ރަނގަޅު ބްރޭންޑުތައް ހެޔޮ އަގުގައި ތައާރަފު ކުރުމުގެ ގޮތުން ރެޑްވޭވުން ތައާރަފު ކުރި ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ.