Roadha Mihaaru
ވޯލްޑް ކަޕްގެ މެޗްތައް 4ކޭ ކޮލިޓީގައި ދިރާގުން

ވޯލްޑް ކަޕްގެ މެޗްތައް 4ކޭ ކޮލިޓީގައި ދިރާގު ޓީވީން ދައްކަނީ

29 ޖޫން 2018

މިހާރު ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕްގެ މެޗްތައް ދިރާގު އާއި ޕީއެސްއެމް ގުޅިގެން 4ކޭ ކޮލިޓީގައި ދިރާގު ޓީވީން ދައްކަން ހަމަޖައްސައިފި އެވެ.

މިހާރު ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕްގެ މެޗްތައް ދިރާގު އާއި ޕީއެސްއެމް ގުޅިގެން 4ކޭ ކޮލިޓީގައި ދިރާގު ޓީވީން ދައްކަން ހަމަޖައްސައިފި އެވެ.

ކޭބަލް ޓީވީގެ ހިދުމަތް ފުޅާދާއިރާއެއްގައިދޭ ކުންފުނިން ބުނީ ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ގެނެސްދޭނީ ޓީވީއެމް ގެ 4ކޭ ޗެނަލުން ކަމަށެވެ. ޓީވީއެމް އަކީ ރާއްޖޭގައި ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރެވެ.

ދިރާގުން ބުނީ 4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީއަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީ ކަމަށެވެ. ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބަލައިލުމުގެ ފުރުސަތު މުޅި ދުނިޔެއިން ވެސް ފޯރުކޮށްދެނީ ވަރަށް މަދު ގައުމެއްގައި ވަރަށް މަދު އޮޕަރޭޓަރުންނެވެ.

އެ ކުންފުނިން ބުނީ ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮލިޓީގައި ވޯލްޑް ކަޕް ބެލުމަށް، މިހާރު ވެސް ބޭނުންކުރާ ޖޯއިބޮސްގެ އިތުރުން އެއްވެސް ޑިވައިސެއް ގަންނަން ނުޖެހޭނެ ކަމަށެވެ.

ވޯލްޑް ކަޕްގެ މެޗުތައް 4ކޭ ކޮލިޓީގައި ދެއްކުމަށް ޕީއެސްއެމްއާއެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫން ވިދާޅުވިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ، ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފަސޭހަކަމާ އެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޓީވީގެ ތަޖުރިބާ ފުރިހަމަކޮށް ތަރައްގީ ކުރުމަކީ އެ ކުންފުނީގެ އެންމެ އިސް އެއް މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގު ޓީވީއިން ވަނީ ދާދި ފަހުން ވެސް 4ކޭ ޗެނަލެއް ތައާރަފް ކޮށްފަ އެވެ.

އެ ކުންފުނިން ބުނީ 4ކޭ ކޮލިޓީގައި ދިރާގު ޓީވީ އަދި ޕީއެސްއެމް މެދުވެރިކޮށް ވޯލްޑް ކަޕް ]ގެ ފަހު ސްޓޭޖްގެ ދިހަ މެޗް ބަލައިލެވޭނެ ކަމަށެވެ.

ވޯލްޑް ކަޕްގެ މެޗުތައް 4ކޭ ކޮލިޓީގައި ދެއްކުމަށް ދިރާގާއި ޕީއެސްއެމް އިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ އެކްޓިން ސީއެމްއޯ މައުމޫން ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު

ވޯލްޑް ކަޕްގެ މެޗުތައް 4ކޭ ކޮލިޓީގައި ދެއްކުމަށް ދިރާގާއި ޕީއެސްއެމް އިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ އެކްޓިން ސީއެމްއޯ މައުމޫން ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު

ދިރާގުން ބުނީ ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ފެންނާނީ ފައިބަ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ. ދިރާގު ފައިބަ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވޯލްޑް ކަޕް 4ކޭ ކޮށް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލައި ޖޯއިބޮކްސް ލިބޭނެ ކަމަށެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދަން ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. އަދި ޖޯއި ބޮކްސް މެދުވެރިކޮށް ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެ،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ދިރާގު ޓީވީ ތައާރަފް ކުރިތާ އެއް އަހަރު ފުރުނުއިރު ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެސްފައިވާނެ ކަމަށެވެ. ދިރާގު ޓީވީ އިން 95 އަށް ވުރެ ގިނަ ޗެނަލް ދައްކަ އެވެ. އަދި 41 ރަށުގައި ވެސް މިހާރު ދިރާގު ޓީވީ ހިދުމަތް ވަނީ ތައާރަފް ކޮށްފަ އެވެ. އޭގެ އިތުރުން، ދިރާގު ޓީވީގެ މޯބައިލް އެޕްލިކޭޝަނެއް ވެސް ވަނީ މިއަހަރު ތެރޭ ތައާރަފްކޮށްފަ އެވެ.