Roadha Mihaaru
ސަލާން ޖަހާކަށް ނުޖެހޭނެ: ފައިސަލް

އަޅުގަނޑުމެންގެ ވެެރިކަމެއްގައި ސަލާންޖަހާކަށް ނުޖެހޭނެ: ފައިސަލް

17 އޯގަސްޓް 2018

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ސަލާން ޖަހާކަށް ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު އއ. އުކުޅަހުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ސަލާން ޖަހާކަށް ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު އއ. އުކުޅަހުގައި ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެބޭފުޅުން ތިއްބަވާއިރު، ދިވެހި އެއްވެސް ރައްޔިތަކު ސަލާން ޖަހަން ނުޖެހޭނެ ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތަށް އެދޭ ހިނދު، ޕާޓީ ބަދަލު ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު މީހުން މަރުހަބާ ދަންނަވަނީ. އޭނާ އަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތް. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު މީހުން މަރުހަބާ ދަންނަވަނީ. އޭނާ އަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތް. - ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ވަޒީފާތަކުގައި ތިބޭއިރު، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ސިޔާސީ ބޭފުޅަކަށް ތަބާވާކަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. މި ކަންކަމަކީ އިދިކޮޅު ހަތަރު ލީޑަރުން ގައުމަށް ދެއްކެވި ނަމޫނާއެއް ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- އިދިކޮޅު ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް.

- ބޭނުންވަނީ އަސާސީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން.

- ހެލްތު ސެންޓަރު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރަން މަސައްކަތް ކުރާނަން.

- ހެޔޮ ބަދަލު ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.

- ސިއްހީ ނިޒާމު ފުޅާ ކުރާނީ ރައްޔިތުންނަށް އަޅާލެވޭނެ ގޮތަށް.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން ކުޑަ ކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން ކުޑަ ކުއްޖެއްގެ ކޮލުގައި ފިރުމާލައްވަނީ. - ފޮޓޯ: އެމްޑީޕީ

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ރަނުގެ ފުރުސަތު ނަގާލުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން ހެޔޮ ބަދަލެއް ގެނައުމަށް ވޯޓު ދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ކިތަންމެ ބިރެއް ދެއްކިޔަސް، ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ތިބި ޅަ ދަރީންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލެވޭނެ ނިޒާމެއް ގާއިމުކޮށް، އޯގާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ހިތްތަކުގެ ވެރި ބަޔަކު، އަޅުގަނޑުމެން ތިޔަބޭފުޅުންނަށްޓަކައި ގެނައުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާ،" ފައިސަލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ފިރުމާލައްވައި، ހާލު ބައްލަވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ފައިސަލް މިއަދު އުކުޅަހަށް ވަޑައިގެން އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ފިރުމާލައްވައި، ހާލު ބައްލަވަނީ. - ފޮޓޯ: އެމްޑީޕީ

އުކުޅަހުން، އޭނާ އަށް ދެންނެވި ހޫނު މަރުހަބާ އަށް އިޝާރާތް ކުރައްވައި ފައިސަލް ވަނީ "ހިފެހެއްޓުމެއް ނެތް ޝުކުރު" އެ ރަށުގެ ރައްޔިތުންނަށް ދަންނަވައިފަ އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސް އިން އެ ރަށު ރައްޔިތުންގެ އަޒުމްގެ ވަރުގަދަ ކަން ފެނިގެން ހިނގައްޖެ އެވެ.

"ގޮންޖެހުންތަކާއި އުނދަގޫތަކަށް ކެތްކޮށް، ކާމިޔާބައިގެން ކުރިއަށް ގެންގޮސް ނަތީޖާ ނެރޭނެ ކަން އުކުޅަހުގެ ރައްޔިތުން ވަނީ މުޅި ގައުމަށް ދައްކުވައިދީފައި،" ފައިސަލް ވިދާޅުވި އެވެ.