Roadha Mihaaru
1އެމްޑީބީގެ ތަހުގީގަށް 400 އެކައުންޓް ހިފަހައްޓައިފި

1އެމްޑީބީގެ ތަހުގީގުގައި 400 އެކައުންޓް ހިފަހައްޓައިފި

02 ޖުލައި 2018

ކުއާލަ ލަމްޕޫރު (ޖުލައި 2) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގަށް 408 އެކައުންޓެއް ހިފަހައްޓާފައިވާ ކަމަށް އެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަ ބަލާ ޓާސްކް ފޯހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ޖުލައި 2) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގަށް 408 އެކައުންޓެއް ހިފަހައްޓާފައިވާ ކަމަށް އެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަ ބަލާ ޓާސްކް ފޯހުން ބުނެފި އެވެ.

ތަހުގީގަށް ހިފެހެއްޓި އެކައުންޓްތަކުގައިވާ ފައިސާގެ އަދަދު 1.1 ބިލިއަން ރިންގިޓް (272.4 މިލިއަން ޑޮލަރު) އަށް އަރާ ކަމަށްވެ އެވެ. ހިފަހައްޓާފައި ވަނީ 81 މީހަކާއި 55 ކުންފުންޏެއްގެ އެކައުންޓްތަކެވެ. ޓާސްކް ފޯހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިފަހައްޓާފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ ފައިސާ ކޮންމެވެސް ގޮތަކުން ޖަމާވެފައިވާ ކަމަށް ބެލެވޭ އެކައުންޓްތައް ކަމަށެވެ.

1އެމްޑީބީގެ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ އެއީ ސައުދީން ދިން އެހީއެއް ކަމަށެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބު ރައްޒާގަށް ނާކާމިޔާބު ލިބުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީގެ ސަރުކާރުގެ ކޮރަޕްޝަން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.