26 އޯގަސްޓް 2018
ކުއާލަ ލަމްޕޫރު (އޮގަސްޓް 26) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ކުއާލަ ލަމްޕޫރު (އޮގަސްޓް 26) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ބޭންކުގެ ޚިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ބޭނުންކުރި ލޯ ޓައެކް ޖޯގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭނާ ވީތާނެއް ނޭނގެ އެވެ. އެކަމަކު ފުލުހުން ބުނީ ޝަރީއަތާ ކުރިމަތިލާން އޭނާ މެލޭޝިއާ އަށް ގެންނާނެ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖޯ ލޯގެ ނަމުން މަޝްހޫރު ވިޔަފާރި ވެރިޔާ މިހާރު ހުރީ ޗައިނާގަ އެވެ.
މެލޭޝިއާ ފުލުހުންގެ ކޮމާޝަލް ކްރައިމްސް ޔުނިޓުގެ ވެރިޔާ އަމަރް ސިންގް ވިދާޅުވީ ޕުޓްރާޖާގެ ކޯޓަކަށް ވަނީ ޖޯ ލޯގެ ޣައިރު ހާޒިރުގައި އޭނާއާ ގުޅޭ އަށް މައްސަލައެއް ހުށަހަޅާފައި ކަމަށެވެ.
ޖޯ ލޯ ހައްޔަރު ކުރުމުގެ އަމުރެއް ވެސް މިހާރު ވަނީ ނެރެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖޯ ލޯގެ މައްސަލަތައް ކޯޓަށް ވެއްދުމަކީ އޭނާ އަނބުރާ މެލޭޝިއާ އަށް ގެންނަން ފަސޭހަ ވާނެ ކަމެއް ކަމަށެވެ.
ނަމަވެސް ޖޯ ލޯގެ ވަކީލް ބުނެފައި ވަނީ މެލޭޝިއާގައި ޖޯ ލޯ އަށް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.
1އެމްޑީބީ އިން ގެއްލުނު ފައިސާ ހޯދުމުގައި އެހީތެރިވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި އެ ބޭންކުން ވަނީ ހަތަރު ބިލިއަން ޑޮލަރު ލޫޓުވާލައިފަ އެވެ.
1އެމްޑީބީގެ ފައިސާ އިން ޚަރަދުކޮށްގެން ޖޯ ލޯ ގަނެފައިވާ ކަމަށް ބެލެވޭ 250 މިލިއަން ޑޮލަރުގެ ލަގްޒަރީ ޔޮޓު މިހާރު ވަނީ އަނބުރާ މެލޭޝިއާ އަށް ގެންގޮސްފަ އެވެ.
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ބޮޑު މީހާ ހުރީ ޗައިނާގައި
ގޯލްޑްމަން ސޭކްސްއިން 7.5 ބިލިއަން ޑޮލަރު ހޯދަނީ
1އެމްޑީބީގެ ޚިޔާނާތާ ގުޅިގެން ގޯލްޑްމަން އަށް ދައުވާ
1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަތް ޔޮޓް ގެންނަނީ
1އެމްޑީބީ ކޮރަޕްޝަނުގައި ސައުދީ، ޔޫއޭއީ އޮފިޝަލުންނަށް ތުހުމަތު
1އެމްޑީބީގެ ތަހުގީގަށް 400 އެކައުންޓް ހިފަހައްޓައިފި
1އެމްޑީބީގެ ޚިޔާނާތާ ގުޅުން ހުރި މީހުން ހޯދަނީ
1އެމްޑީބީގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި
ނަޖީބަށް ދިން 681 މިލިއަން ޑޮލަރަކީ އެހީއެއް: ސައުދީ