މީގެ 15 އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި ޕްރޮފެސަރު ހަސަން އުގެއިލް އެ ގައުމުގެ ރައްޔިތުކަން ދޫކޮށްލައްވަން ނިންމަވައިފި އެވެ.
04 ޖުލައި 2018
މީގެ 15 އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި ޕްރޮފެސަރު ހަސަން އުގެއިލް އެ ގައުމުގެ ރައްޔިތުކަން ދޫކޮށްލައްވަން ނިންމަވައިފި އެވެ.
އުގެއިލް މިއަދު ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލައްވަން ވަރަށް އަވަހަށް އޭނާ ހުށަހަޅުއްވާނެ ކަމަށާއި އޭނާ ހުންނަވާނީ، ހަމައެކަނި ދިވެއްސެއްގެ ގޮތުގައި ކަމަށެވެ. އެއީ، އޭނާ އަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިނގިރޭސި ރައްޔިތުކަން ދޫކޮށްލައްވަން އުގައިލް މި ނިންމެވީ، އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅަން ވެރިކަން ކުރާ ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ. އެ އިސްލާހު މިއަދު ފާސްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ އިސްލާހު ހުށަހެޅީ، ސެޕްޓެމްބަރު، 23، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އުގައިލް ވާދަކުރައްވަން އުޅޭ އަޑުތައް އަރާފައި ވަނިކޮށެވެ. އެ އަޑުތަކާ އެކު ބިލެއް ހުށަހަޅައި، ގާނޫނަށް އިސްލާހު ގެނައުމަކީ ސީދާ އޭނާ އަށް އަމާޒުކުރި ކަމެއް ކަމަށް އުގައިލް ވެސް ގަބޫލުކުރައްވަ އެވެ.
ޕްރޮފެސަރު އުގައިލް: ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވި.
ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.
އުގައިލް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެންނައިރު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކުރުމަކީ ހިތާމައެކެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުންވެގެން ނޫޅޭން. ބޭނުންވަނީ ގައުމަށް ރަނގަޅު ބަދަލެއް ގެންނަން. އެގޮތަށް ބަލާއިރު، ގާނޫނަށް އިސްލާހު ގެނަޔަސް އެ މަސައްކަތުގައި އަޅުގަނޑަކަށް ހުރަހެއް ނެތް،" އުގައިލް ވިދާޅުވެފައިވެ އެވެ.
ގައުމަށް ހެޔޮ ބަދަލު ގެނައުމަށް، އުގައިލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ކުރައްވާކަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ. އޭނާ އަށް ހުރަސްއަޅަން ގާނޫނަށް އިސްލާހު ގެނަޔަސް، ރާއްޖެ އަށް ބަދަލު ގެނައުމަށް އޭނާ ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.
ބަތްކައްކާ ނުކުޅެ، ގައުމު ހިންދެމިލަން ފުރުސަތުދީ!
2023 އަށް ތައްޔާރު، އުގައިލް ރާއްޖެ ބަދަލުވަނީ
އިދިކޮޅު ލީޑަރުންނަށް އަމާޒުވި އިސްލާހު ބާތިލުކޮށްފި
މާލެ ގެނައީ ލުތުފީ ކަން އުގެއިލް ޔަގީންކޮށް ދެއްވައިފި
އިބޫގެ ރަނިންމޭޓަކަށް އަލީ ހުސައިން ރަނގަޅު: އުގައިލް
ނިހާންގެ އިސްލާހުގެ އަމާޒަކީ ޕްރޮފެސަރު އުގައިލް!
ޕީއެންސީން ކައުންސިލު އިންތިހާބަށް ހުޅުވާލައިފި
ޝާހިދު ހަނދާން ކޮށްދިނީ ވަހީދު އަމަލުކުރި ގޮތް!
ލޯކަލް އިންތިހާބުގައި ޕީއެންސީގެ މެނޭޖަރަކީ ފަލާހު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލް ވާދަކުރައްވަނީ