Roadha Mihaaru
އަނިޔާކުރި މަންމަގެ ބަންދަށް އިތުރު 10 ދުވަސް

ދަރިފުޅަށް އަނިޔާކުރި މަންމަގެ ބަންދަށް އިތުރު ދިހަ ދުވަސް

09 ޖުލައި 2018

މާލޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން ހައްޔަރު ކުރި މަންމަގެ ބަންދަށް ދިހަ ދުވަސް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން ހައްޔަރު ކުރި މަންމަގެ ބަންދަށް ދިހަ ދުވަސް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ މަހު 24 ގައި ހައްޔަރު ކުރި އުމުރުން 27 އަހަރުގެ އެ އަންހެން މީހާގެ ބަންދަށް މީގެ ކުރިން ވެސް ވަނީ ދިހަ ދުވަސް އިތުރު ކޮށްފަ އެވެ. އަދި ބަންދުގެ މުއްދަތު، މި މަހު ހަތަރު ވަނަ ދުވަހު ހަމަވުމުން އަނެއްކާ ވެސް ކޯޓުން އެ މުއްދަތު އިތުރު ކުރީ އެވެ.

އެނގިފައިވާ ގޮތުގައި ފިރިމީހާއާ ވަކިން، އެކަނި ދިރިއުޅޭ އެ އަންހެން މީހާ ވަނީ، އޭނާގެ ހުރި ހަމައެކަނި އެ ދަރިފުޅުގެ ބުރަކައްޓާއި މޫނުމަތީގައި ތަޅައި ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ. ފުލުހުން ގޮސް އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު، ހާލު ސީރިއަސްކަން އެނގިފައިވެ އެވެ.

އަނިިޔާ ލިބުނު ކުޑަކުއްޖާ މިހާރު ހުރީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން، އެ ކުއްޖާގެ އާއިލާ މީހެއްގެ ކައިރީގަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕަަ އުޅެނީ އެހެން ރަށެއްގަ އެވެ.

މީގެ ތިން އަހަރު ކުރިން، ވ. ރަކީދޫގައި މަންމައަކު ވަނީ އޭނާގެ ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.