11 ޖުލައި 2018
ފޭދޫފިނޮޅު ކައިރީގައި އޮންނަ ގަލުފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑްގެ ގޮތުގައި ދެ ރަށެއް، ދިވެހިންނަށް ހާއްސަކޮށްގެން، ތަރައްގީކުރާ ގޮތަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ހަމަޖައްސައިފި އެވެ.
ފޭދޫފިނޮޅު ކައިރީގައި އޮންނަ ގަލުފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑްގެ ގޮތުގައި ދެ ރަށެއް، ދިވެހިންނަށް ހާއްސަކޮށްގެން، ތަރައްގީކުރާ ގޮތަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ގަލުފަޅުން ހަތް ހެކްޓަރުގެ ބިން ހިއްކައިގެން ދެ ރަށް ތަރައްގީކުރަން 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ އެތަން ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ ކަމަށް. އަދި މުޅި ޕްރޮޖެކްޓް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން،" ޝާހިދު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ އެ ދެ ރަށުގައި ދުވަހު ކުއްޔަށް ދޭ ކޮޓަރި އާއި ބާބެކިއު އޭރިއާ އާއި ރެސްޓޯރަންޓާއި ވޯޓާ ސްޕޯޓްސްގެ ބައިތައް ވެސް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެތަން ހިއްކުމުގެ މަސައްކަތް މި މަހު ބަޔަކާ ހަވާލުކުރެވޭވަރުވާނެ އެވެ.
މާލެއިން ފުރައިގެން 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅުގައި ދެ ރަށް ތަރައްގީކުރަން މި ފަށަނީ ކުރިން މާލޭ ރަށްވެހިން ދަތުރު ދާން ބޭނުންކުރި ކުޑަބަނޑޮސް ރިސޯޓަކަށް ހެދުމުން އެ ފުރުސަތު ގެއްލިފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައި އޮތީ ކުޑަބަނޑޮހުގެ ބަދަލުގައި މާލޭ ސަރަހައްދުގައި ދިވެހިން ދަތުރު ދާން ހާއްސަ ރަށެއް ހަދާނެ ކަމަށެވެ. އެކަމަކު އެ މަސައްކަތް އޮތީ ނުކުރެވި އެވެ.
ކުޑަބަނޑޮހުގެ އިތުރުން ދިވެހިން ދަތުރު ދާން ބޭނުންކުރި ފޭދޫފިނޮޅުގައި ވެސް މިހާރު އަންނަނީ ރިސޯޓެއް ތަރައްގީކުރަމުންނެވެ.
ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދަނީ
ސަވާދީއްތަ ދަތުރަށް ޓުއަ ގައިޑުން ތަމްރީނުކުރަނީ
ބަރެސްދޫ ވަގުތީ ގޮތުން އެގްރޯނެޓާ ހަވާލުކޮށްފި
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
"ސަވާދީއްތަ ދަތުރު" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ޔޮޓު ރެލީއަށް ހާއްސަ ޓުއާ ގައިޑުން ތަމްރީން ކުރަނީ
ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބިން ހިއްކައި ނިމިއްޖެ
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޔޮޓު ރެލީއެއް
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި