Roadha Mihaaru
މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަނީ

މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަނީ

13 ޖުލައި 2018

އދ. ވިލަމެންދޫ އައިލެންޑް ރިސޯޓް ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ މީހަކު މިއަދު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އދ. ވިލަމެންދޫ އައިލެންޑް ރިސޯޓް ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގެ މީހަކު މިއަދު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

"ޓާގެޓް" ނަމަކަށް ކިޔާ ދޯނިން ކަނޑަށް ވެއްޓުނީ ފ. ބިލަތްދޫ، އުތުރުގޭ އަބްދުﷲ ނަޞީރު، 58، އެވެ. އެމްއެންޑީއެފުން ބުނީ އޭނާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއް ކަމަށެވެ. އޭނާ ވެއްޓުނު ސަބަބެއް ނޭނގެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު 2:30 ގައި އެކަން ރިޕޯޓް ކުރުމުން އެ މީހާ ހޯދުމަށް ކޯސްޓް ގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިލަމެންދޫ ރިސޯޓް ކައިރިން ދަތުރުކުރާ ފަރާތްތަކުން، އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފްގެ 191 ނަމްބަރަށް ގުޅައި މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން އެދެ އެވެ.