Roadha Mihaaru

މީހެއްގެ ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް މާލެއަށް

ދޯންޏެއްގައި މަސް ބާނަން ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް މާލެއަށް
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

22 ސެޕްޓެމްބަރ 2020

ދޯންޏެއްގައި މަސް ބާނަން ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި 40 އަހަރުގެ ދިވެހި ފިރިހެން މީހާ މާލެ ގެންނަނީ ކޯސްޓްގާޑު ލޯންޗެއްގަ އެވެ.

ބުޅި ހެރުނީ، ކ. ދިއްފުށީ ކަނޑުފަތީގެ އިރުން، 26 ނޯޓިމޭލް ބޭރުގައި މަސްވެރިކަމުގައި އުޅުނު "އަޒުމު" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށެވެ. މިއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ވަރަށް ފަހުން، މީހެއްގެ ލޮލަށް ހިބަރެެއް ވެސް ހަމަލާ ދީގެން ވަނީ ފަރުވާ ދީފަ އެވެ.