Roadha Mihaaru
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

ޔުނިވާސަލް އިން ހިންގާ ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ

21 ޖުލައި 2018

ރ. ފާރުފުށީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރ. ފާރުފުށީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި، ޔުނިވާސަލް ރިސޯޓްސް އިން "ފާރުފުށި މޯލްޑިވްސް"ގެ ނަމުގައި ހިންގަން ހަމަޖެހިފައިވާ ރިސޯޓުގައި މަތީ ފެންވަރުގެ ހިތްގައިމު 80 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓާއި ޕޫލާއެކު 39 އޯޝަން ރިޓްރީޓާއި ޕޫލާއެކު ތިން އޯޝަން ސުއިޓް އަދި އެއް އައިލެންޑް ރެސިޑެންސް ކިޔާ ވިލާއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން މަތީ ފެންވަރުގެ ތަފާތު އެކި ރަހަތަކުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ފަސް ރެސްޓޯރަންޓާއި ބާ ވެސް ހުރެ އެވެ.

އެ ރިސޯޓުގައި އޭގެ އިތުރުން ޑައިވިން އާއި ވޯޓާ ސްޕޯޓްސް އަދި ސްޕާ އާއި އެނޫން ވެސް ރެކްރިއޭޝަނަލް ހަރަކާތްތައް ވެސް ހިންގުމުގެ ފުރުސަތު އޮންނާނެ އެވެ.

ރ. ފާރުފުށީގައި ތަރައްގީކުރާ ރިސޯޓުގެ ކުރެހުމެއް. އެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވާނެ. ފޮޓޯ: ފާރުފުށި

ރ. ފާރުފުށީގައި ތަރައްގީކުރާ ރިސޯޓުގެ ކުރެހުމެއް. އެ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވާނެ. ފޮޓޯ: ފާރުފުށި

މާލެ އިން ފުރައިގެން ސީޕްލޭންގައި ނުވަތަ ޑޮމެސްޓިކް ފްލައިޓެއްގައި 50 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓަކަށް ވާނެ އެ ކުންފުނިން ބުންޏެވެ.

ފާރުފުށި އިންވެސްޓްމަންޓުން ތަރައްގީކުރި ރިސޯޓުން، ޑިސެމްބަރު 15 ގައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރިސޯޓުގެ އިސް މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެގްޒެކެޓިވް ޝެފާއި އެފް އެންޑް ބީ ޑައިރެކްޓަ، ޑައިރެކްޓަ އެޗްއާރު، ޓްރެއިނިން މެނޭޖަރު، ޕާޗޭސިން މެނޭޖަރު، މާކޮމް މެނޭޖަރު، އައިޓީ އެޑްމިނިސްޓްރޭޓަރު، ސެކިއުރިޓީ މެނޭޖަރު، އެގްޒެކްޓިވް ހައުސިން ކީޕަރު، ފައިނޭންޝަލް ކޮންޓްރޯލަރު، ފްރަންޓް އޮފީސް މެނޭޖަރު، ސްޕާ މެނޭޖަރު އަދި އިންޖިނިއަރިން މެނޭޖަރުގެ މަގާމަށް ވެސް މީހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.