ބ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން އަލަށް ހުޅުވާ މިލައިދޫ އައިލެންޑް ރިސޯޓުގެ އެކި ވަޒީފާތަކަށް 200 އެއްހާ މީހުން ހޯދަން އެ ކުންފުނިން ނިންމައިފި އެވެ.
19 އޯގަސްޓް 2016
ބ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން އަލަށް ހުޅުވާ މިލައިދޫ އައިލެންޑް ރިސޯޓުގެ އެކި ވަޒީފާތަކަށް 200 އެއްހާ މީހުން ހޯދަން އެ ކުންފުނިން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ހުޅުވަން ނިންމާފައިވާ ފަސް ތަރީގެ ރިސޯޓުގެ ޕްރީ އޮޕެނިން ޓީމުގެ ގޮތުގައި އެކި ވަޒީފާތަކަށް 200 އެއްހާ މީހުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށްގެން މާދަމާ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމަޔަށް ސޯލްޓް ރެސްޓޯރަންޓް ހުންނަ ޝައިން ޓްރީ ބިލްޑިންގައި އޯޕަން ޑޭއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާދަމާ މިތަނުގައި އިންޓަވިއުކުރުމަށްފަހު ޝޯޓްލިސްޓްކުރިކަން އަންގާނަން. އަދި އޭގެ ފަހުން ވަޒީފާއަށް ހޮވުނުކަން އަންގާނީ. އިންޓަވިއުއަށް އަންނައިރު ސީވީ އާއި ފޮޓޯ އަދި ޕޮލިސް ރިޕޯޓް، އައިޑީ ކޮޕީ އަދި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ގެންނަންވާނެ،" އޭނާ ވިދާޅުވި އެވެ.
މިލައިދޫގައި ހަދާފައިވާ ބީޗް ވިލާއެއް: މިއީ ޔުނިވާސަލް ގްރޫޕުން 1992ގެ ފަހުން ހުޅުވާ ފުރަތަމަ ރިސޯޓް. ފޮޓޯ: މިލައިދޫ ޑޮޓްކޮމް
ޔުނިވާސަލްގެ އޮފިޝަލް ވިދާޅުވީ ރަށް ހުޅުވުމަށް ހޯދަން ނިންމާފައި ވަނީ ސެކްޝަންތަކުގެ ވެރިންގެ މަގާމަށާއި ސުޕަވައިޒަރުންގެ މަގާމަށާއި ޖުމުލަކޮށް ހުރިހާ ޑިޕާޓްމަންޓްތަކަށް ކަމަށެވެ.
މިލައިދޫ ރިސޯޓް ބީޗް ވިލާއެއް: ފަސް ތަރީގެ ފެންވަރަށް ހަދާފައިވާ މި ރިސޯޓުގައި 50 ވިލާ ހުރޭ. ފޮޓޯ: މިލައިދޫ ޑޮޓްކޮމް
"މިތަނުގެ ކޮންމެ މުވައްޒަފަކަށް ވެސް މުސާރައިގެ ގޮތުގައި ހިތްހަމަޖެހޭނެ ރަނގަޅު ޕެކޭޖެއް ލިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ މުވައްޒަފުންނަށް ރަނގަޅު މުސާރައަކާއި އިނާޔަތްތަކެއް ދޭން،" އޭނާ ވިދާޅުވި އެވެ.
ސަތޭކަ އެނދުގެ މިލައިދޫއަކީ 1997 ވަނަ އަހަރުގެ ފަހުން ޔުނިވާސަލްއިން ހުޅުވާ ފުރަތަމަ ރިސޯޓެވެ. އަދި ކުންފުނީގެ ހިއްސާ އޮންނަ މަތީ ފެންވަރުގެ ނުވަ ރިސޯޓް ރާއްޖޭގައި ހިންގަ އެވެ. މީގެ ތެރޭގައި ބޭރުގެ މަޝްހޫރު ބްރޭންޑްތަކުން ހިންގާ ރިސޯޓްތަކެއް ވެސް ހިމެނެ އެވެ.
ފާރުފުށި ރިސޯޓު ވިއްކާލަނީ
ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވުން އޮކްޓޯބަރަށް ފަސްކޮށްފި
އެކަކުގެ މުސާރަ ވެސް 380 ޑޮލަރަށް ވުރެ ދަށެއްނުވާނެ
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ
ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 މީހުން ހޯދަނީ
ދިގަލީގައި ހުޅުވާ ރިސޯޓަށް 380 މުވައްޒަފުން ހޯދަނީ
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް