Roadha Mihaaru

ފާރުފުށި ރިސޯޓު ވިއްކާލަނީ

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ ފާރުފުށި ރިސޯޓު ވިއްކާލަން ނިންމައިފި އެވެ.

ފާރުފުށި ރިސޯޓު ވިއްކާލަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

15 ސެޕްޓެމްބަރ 2021

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ ފާރުފުށި ރިސޯޓު ވިއްކާލަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ފާރުފުށި ވިއްކާލަން ވެރިފަރާތުން ބޭނުންވާތީ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާން ކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ފާރުފުށި ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ އަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ފާރުފުށި ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: ފާރުފުށި

ފާރުފުށި ރިސޯޓުގެ އިންފިނިޓީ ޕޫލް-- ފޮޓޯ: ފާރުފުށި

ފާރުފުށި ރިސޯޓު ހުޅުވީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ ރިސޯޓަކީ ލަގްޒަރީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރި ރިސޯޓެކެވެ.

މި ރިސޯޓުގައި 80 ވިލާ ހުންނައިރު މީގެ ތެރޭގައި ބީޗް ބަންގްލޯ އާއި ބީޗް ރިޓްރީޓާއި އޯޝަން ރިޓްރީޓް އަދި އޯޝަން ސުއީޓުތައް ހިމެނެ އެވެ. އަދި އެކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ފަސް ރެސްޓޯރެންޓާއި ބާ މި ރިސޯޓުގައި ހުރެ އެވެ.