Roadha Mihaaru
ސީރިއާ އަށް ދާން އުޅުނު މީހަކު މާލޭ ބަންދަށް

ހަނގުރާމަ އަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ޖަލު ބަންދުން ދޫކޮށްލައިފި

24 ޖުލައި 2018

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ޖަލު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރު ކޮށްފި އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ޖަލު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރު ކޮށްފި އެވެ.

ރ. ކަނދޮޅުދޫ ކަށިމާގޭ، އަލީ ޝަފީގު ބަންދުން ދޫކުރަން ކޯޓުން މި އަމުރުކުރީ، އޭނާ ކުރިން ގޭ ބަންދަށް ބަދަލުކުރުމުން، ބަންދުގެ ޝަރުތާ ޚިލާފު ވެގެން އަލުން ޖަލަށް ގެންގޮސްފައި ވަނިކޮށެވެ.

މިއީ ޝަފީގު ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މި ފަހަރު ދޫކޮށްލާފައި ވަނީ މާލޭ ބަންދަށެވެ.

ޝަފީގަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮން ހެދުމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތު ކުރި މީހެކެވެ. އެކަމަކު، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި އެވެ.

އޭގެ ފަހުން، އަފްޣާނިސްތާނު-ޕާކިސްތާނު ބޯޑަރު ކައިރިން އިތުރު އަށް ދިވެއްސަކާ އެކު ހަތިޔާރު އަޅައިގެން ތިއްބައި 2009 ވަނަ އަހަރު ވެސް ޝަފީގު ހައްޔަރުކުރި އެވެ. އެކަމަކު، އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ޝަފީގާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ އޮކްޓޯބަރު، 2016 ގައި އޭނާ ތުރުކީ މަގުން ސީރިއާ އަށް އެތެރެވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޝަފީގު ހައްޔަރު ކޮށްފައި ވަނީ އައިއެސްއާ ގުޅެން ސީރިޔާ އަށް ވަންނަ މީހުން ތިބޭ ސޭފްހައުސަކުން ތުރުކީ ސިފައިން ކަމަށް ވެސް ދައުލަތުން ބުނެ އެވެ. އަދި ސީރިއާ އަށް ޝަފީގު އެތެރެވާން މަސައްކަތް ކޮށްފައި ވަނީ އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމުގެ މަގްސަދުގައި ކަމަށް ވެސް ދައުވާގައި ވެ އެވެ.

މި ދައުވާތަކަށް ޝަފީގު ވަނީ އިންކާރުކޮށްފަ އެވެ. މައްސަލައިގެ އަޑުއެހުންތައް އަދި ވެސް ދަނީ ކުރިއަށެވެ.