Roadha Mihaaru
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި

ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ އިސް މީހަކު ހައްޔަރުކޮށްފި

23 އޮކްޓޯބަރ 2019

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ އިސް މީހަކު މިރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ އިސް މީހަކު މިރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 35 އަހަރުގެ އެ ދިވެހި ފިރިހެން މީހާ އަށް ފުލުހުން ކުރާ އެއް ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމެވެ.

އެ މީހާ ހައްޔަރުކުރީ ކޮން ތަނަކުން ކަމެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ޕާކިސްތާނުގައި ހަނގުރާމަ ކުރަން ކުރިން ހަރަކާތްތެރި ވެފައިވާ މީހެކެވެ. އަދި އެއީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދިން މީހެއް ކަމަށް ވެ އެވެ. މީގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިކަން ދޭ ކަމަށް އެނގިފައި ވެ އެވެ.

އޭނާ ހައްޔަރުކުރިއިރު، އެސްއޯ ފުލުހުން މާލޭގެ ބައެއް ސަރަހައްދުތަކުގައި އަންނަނީ މިރޭ ހަރަކާތްތެރިވަމުންނެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް މި މަހު ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފަ އެވެ.

ސީރިއާ ގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގޮސްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ގައުމުގެ އެކި ކޭމްޕަތަކުގައި ތިބި އެ މީހުން ރާއްޖެ ގެނެވޭތޯ ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވި ގިނަ ދިވެހިންތަކެއް މަރުވެފައިވެ އެވެ. އެކަމަކު ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް މިހާތަނަށް ސާފެއް ނޫނެވެ