ގއ. ވިލިނގިލި ކައުންސިލަރެއްގެ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ކައުންސިލަރަށް ބޮޑެތި އަނިޔާތަކެއް މިއަދު ވެއްޖެ އެވެ.
25 ޖުލައި 2018
ގއ. ވިލިނގިލި ކައުންސިލަރެއްގެ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ކައުންސިލަރަށް ބޮޑެތި އަނިޔާތަކެއް މިއަދު ވެއްޖެ އެވެ.
މިއަދު މެންދުރު 12 ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބް ހަސަނަށެވެ. ވިލިނގިލީގައި ތިބެނީ އެމްޑީޕީގެ ފަސް ކައުންސިލަރުންނެވެ.
ހަބީބުގެ ބޮލުގެ ފުއްކިބައިން ފަޅައިގެން ގޮސްފައިވާއިރު ވާތު ފައިގެ ފަލަ މަސްގަނޑަށް އިންޗިއެއްޗާ ފުޅާމިނުގެ ދަގަނޑެއް ވަނީ ހެރިފަ އެވެ. އަދި ވާތު ފައިގެ ބޮޑުވާ އިނގިލީގެ ނިޔަފަތިގަނޑު ވަނީ ފަޅައިގެންގޮސްފަ އެވެ.
ވިލިނގިލީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ހަބީބް "މިހާރު" އަށް ވިދާޅުވީ އޭނާގެ ބޯ އަނބުރާތީ ކޮޅަށް ވެސް އަދި އިށީނދެ ވެސް ނީނދެވޭ ކަމަށެވެ.
"ވަރަށް ބޯ އަނބުރާ. ފާހާނާ އާ ހިސާބަށް ވެސް ދެވެނީ ދެ މީހެއް ދެފަރާތުން ހިފަހައްޓައިގެން. އިށީނދެ ވެސް ނީނދެވޭ. ގައިގައި ވަރަށް ރިއްސާ. ނޯވެވިގެން މިއުޅެނީ،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ އެކްސިޑެންޓް ހިނގީ ސްކޫލުގައި އުޅުއްވުމަށްފަހު ސައިކަލުގައި މަގަށް ނުކުންނަވަނިކޮށް "ދުންޖަހާފައި އައި" ސައިކަލަކުން އޭނާގެ ސައިކަލުގައި ޖެހިގެން ކަމަށެވެ.
"އަޅުގަނޑަށް އޭނާ ދުން ޖަހާފައި އަންނަތަން ފެނިގެން މަޑުކޮށްލީ މަގަށް ނުނިކުމެ. އިންދާ އައިސް އަޅުގަނޑު ސައިކަލް މެދަށް އެރީ. އަޅުގަނޑުގެ ސައިކަލުގައި ޖެހުނުކަން އެނގޭ ދެން ހޭވެރިކަންވީ ހޮސްޕިޓަލުގައި އޮއްވައި،" އެ ހާދިސާ ހަބީބް ވިދާޅުވެދެއްވި އެވެ.
ހަބީބުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވުނު ނަމަވެސް އެ ރަށުން އެކްސްރޭ ފިޔަވައި އިތުރު ޓެސްޓެއް ހެދެން ނެތުމުން މާދަމާ މާލެ ފޮނުވާލުމަށް ވަނީ ނިންމައިފަ އެވެ.
ހަބީބުގެ ގައިގައި ޖެހުނު ސައިކަލުގައި ދެ މީހުން ތިބި އިރު އެމީހުންނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.
ވިލިނގިލީގައި އެކްސިޑެންޓްވި ޒުވާނަކު ނިޔާވެއްޖެ
ދާންދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މާލެ ގެނެސްފި
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް
ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މަގާމުގައި ނުހުރެވޭނެ
ކޮލަމާފުށީ 18 މީހުންނަށް ޓެރަރިޒަމްގެ ތުހުމަތު
އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
ޕަމްޕުސްޓޭޝަން ކައިރީގައި އެކްސިޑެންޓު ގިނަ، ސަމާލުވޭ!
މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާއެއް ނުކުރި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް