29 ޖުލައި 2018
ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ވޯޓާ ތީމް ޕާކަކާއެކު ހަ ބުރީގެ ހޮޓަލެއް ހަދަން ފަށައިފި އެވެ.
ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ވޯޓާ ތީމް ޕާކަކާއެކު ހަ ބުރީގެ ހޮޓަލެއް ހަދަން ފަށައިފި އެވެ.
އެތަނުގެ ބޭރުގައި ހުރި ބިލްބޯޑެއްގައި ބުނެފައި ވަނީ ވޯޓާ ތީމް ޕާކާއެކު ހަ ބުރީގެ ހޮޓަލެއްގެ އިތުރުން ރެސްޓޯރަންޓާއި ސްޕާއެއް ވެސް ހުންނާނެ ކަމަށެވެ.
އެ މަސައްކަތްކުރާ ސައިޓްގައި ހަރުކޮށްފައި ހުރި ބިލްބޯޑެއްގައިވާ ގޮތުން އެ ޥޯޓާ ތީމް ޕާކާއި ހޮޓާ ތަރައްގީކޮށް ހިންގާނީ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ތަނުގައި ހޮޓާ ހެދުމަށް ހަމަޖެހިފައި ވަނީ ރެޑްބުލް ސްކޭޓް ޕާކާވީ ދިމާލު ބީޗް ފްރަންޓްގަ އެވެ. އަދި ތީމް ޕާކް ހެދުމަށް ހަމަޖެހިފައި ވަނީ އެ ހޮޓަލާ އިންވެގެން ހުޅުލެއާވީ ކޮޅަށެވެ.
އެ ވޯޓާ ތީމް ޕާކާއި ހޮޓަލުގެ މަސައްކަތައް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެސް މިހާރު ވަނީ އެތަނަށް ޖަމާކޮށްފަ އެވެ. އަދި އެތަނުގައި ސައިޓް އޮފީހެއް ހަދައި، މަސައްކަތުގެ ސައިޓުގެ މަގާވީ ފަޅީގައި މިހާރު ވަނީ ފެންސް ވެސް ޖަހައިފަ އެވެ.
ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކާއި ހޮޓަލުގެ މަސައްކަތްކުރާ ސައިޓް.
އެޗްޑީސީން މިދިޔަ އަހަރު ބުނެފައި ވަނީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) އެ މަޝްރޫއަށް ހަރަދުވާނެ ކަމަށެވެ. އެތަން ހަދައި ހިންގަން 35 އަހަރަށް އެޗްޑީސީން މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކިޔާ ކުންފުންޏަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުގައި އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ އެތައް ކުޅިވަރެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އޭގެ ތެރޭގައި ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާ އަދި ފެން ކޯރުތައް ހިމެނެ އެވެ.
އެ ކުންފުނިން އޭރު ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ހަދާ ތީމް ޕާކު މި އަހަރު ނިމުމުގެ ކުރިން ހުޅުވަން ޖެހޭ ކަމަށެވެ.
އެސްޓީއޯގެ ހުޅުމާލޭ ހޮޓާ ވިއްކާލަން ނިންމައިފި
ވަށަފަރު ސިޓީ ހޮޓަލުގެ މައްސަލަ އަނެއްކާވެސް ހޫނުވެއްޖެ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ
ޓޫރިސްޓުންނަށް ބޮޑު ޑިސްކައުންޓް ދޭ މަންޒިލަކަށް ރާއްޖެ
އާބަން އައިލް: ސާވިސް އެޕާޓްމެންޓަށް 10 ބިން ދެނީ
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ
ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
އެޗްޕީއޭގެ އުސޫލަށް ގެސްޓްހައުސްތަކުން ތަބާވާން އެދިއްޖެ
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު