05 ޖޫން 2016
އެސްޓީއޯއިން ހުޅުމާލޭގައި އިމާރަތް ކުރަމުން އަންނަ 250 އެނދުގެ ޓޫރިސްޓު ހޮޓާ ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެސްޓީއޯއިން ހުޅުމާލޭގައި އިމާރަތް ކުރަމުން އަންނަ 250 އެނދުގެ ޓޫރިސްޓު ހޮޓާ ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ ހުރިހާ ކަމެއް ނިންމުމުގެ މަރުހަލާގައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ގާތްގަނޑަކަށް 60 ޕަސެންޓް ނިމިފައިވާ ހޮޓާ ވިއްކާލުމުގެ ކަންތައް ނިންމައި ވަރަށް އަވަހަށް އާއްމު ހިއްސާދާރުންނަށް އެކަން އަންގާނެ އެވެ. ނަމަވެސް ހޮޓާ ވިއްކާލަނީ ކޮން ބަޔަކަށް ކަމެއް، ކިހާ އަގެއްގައި ކަމެއް ޝަހީރު ވިދާޅެއް ނުވެ އެވެ.
"ހޮޓާ ވިއްކާލަން އިއުލާންކުރުމުން ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކާ އެކު މިދަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ ހޮޓާ ވިއްކާލަނީ އެސްޓީއޯއަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ.
އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ނުނިމިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.
ގާތްގަނޑަކަށް 115 މިލިއަން ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ.
އެސްޓީއޯ އިން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގައި އިމާރާތްކުރާ ރެޑިސަން ބްލޫ ހޮޓެލް އެސްޓީއޯއާ ގުޅިގެން ތަރައްގީކޮށް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުމާ ގުޅިގެން ސަރުކާރުން ދިން ބ. މުތާފުށި އެކަށީގެންވާ ވަރަށް ވުރެ ކުޑަވުމުން ދޫކޮށްލުމަށް ފަހު އެއަށް ވުރެ ބޮޑު އަދި ކައިރި ރަށެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރޭގެ ޖަލްސާގައި ބައެއް ހިއްސާދާރުން ވަނީ އެސްޓީއޯގެ އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރަކަށް އެންމެ ގިނަވެގެން ދެ އަހަރުގެ ދެ ޓާމަށް ވުރެ ދިގު މުއްދަތެއްގައި ނުހުރެވޭ ގޮތް ހެދުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ހުށަހަޅުމާމެދު ރޭގެ ޖަލްސާގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އާއްމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލި ދެ މީހުންގެ ތެރެއިން މި ފަހަރު ވެސް ހޮވުނީ 2012 ވަނަ އަހަރުން ފެށިގެން އެ މަގާމު ފުރަމުން އަންނަ މުހައްމަދު ފަރުސަތެވެ. ރޭގެ ބޭއްވި އިންތިހާބުގައި ވެސް އޭނާ ވަނީ 75 ޕަސެންޓް ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
"ސިޓީ ހޮޓާ އެހެން ކަމަކަށް ވިޔަސް ބޭނުން ކުރާނަން"
ހުޅުމާލޭގެ ވޯޓާ ތީމް ޕާކާއި ހޮޓެލް ހަދަން ފަށައިފި
އެސްޓީއޯގެ ހޮޓާ ބަޔަކާ ގުޅިގެން ހިންގަން ނިންމައިފި
އެސްޓީއޯ ހޮޓާ ގަންނަން ތިން ފަރާތަކުން ޝައުގުވެރިވެއްޖެ
މިހިރި ބޮޑު އިމާރާތަށް މިވަނީ ކިހިނެއް؟
ވަށަފަރު ސިޓީ ހޮޓަލުގެ މައްސަލަ އަނެއްކާވެސް ހޫނުވެއްޖެ
އެސްޓީއޯ ހޮޓެލްގެ އެއްބައި މީޑިއާތަކަށް ދެނީ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ
އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރުގެ ހިދުމަތް
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް