30 ޖުލައި 2018
ބޭރު ގައުމުތަކެކޭ އެއް ފެންވަރެއް ގައި، ރާއްޖޭގައި ގާނޫނީ ދާއިރާ އިން ތައުލީމް ތައުލީމް ފޯރުކޮށް ދިނުމަކީ އަމާޒެއް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.
ބޭރު ގައުމުތަކެކޭ އެއް ފެންވަރެއް ގައި، ރާއްޖޭގައި ގާނޫނީ ދާއިރާ އިން ތައުލީމް ތައުލީމް ފޯރުކޮށް ދިނުމަކީ އަމާޒެއް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ 181 މީހަކަށް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި، ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ، ގާނޫނީ ދާއިރާ އިން ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ އަދި ރާއްޖޭގައި ކިޔަވާ މީހުންނާ މެދު ދައުލަތުން އެއްވެސް ތަފާތު ކުރުމެއް ގެންގުޅެމުން ނުދާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި ގާނޫނީ ދާއިރާ އިން ދެވޭ މަތީ ތައުލީމުގެ ފެންވަރާ މެދު، ރާއްޖޭގައި ކިޔަވާ ބައެއް ގާނޫނީ ދަރިވަރުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެކަމާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކުން މަޝްވަރާ ކުރުމަށް ފަހު، ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ ކޯސްތަކުގެ ފެންވަރު މަތި ކުރުމަށްޓަކައި، ލަފަ އާއި މަޝްވަރާތައް ދެމުން ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި، ދައުލަތުގެ އަމާޒަކީ ބޭރުގެ އެހެން ގައުމުތަކާ އެއް ފެންވަރުގައި ގާނޫނީ ދާއިރާ އިން ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިން ކަމުގެ ލިޔުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް، ވަކީލަކާ މިރޭ ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ދުނިޔޭގެ ބައެއް ގައުމުތަކުގައި ތިން އަހަރުން ނުވަތަ ހަތަރު އަހަރުން ނުވަތަ ބައެއް ފަހަރަށް އެހެން ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ނޫނީ ކިޔަވަން ނުދެވޭ ދާއިރާއެއް ގާނޫނީ ދާއިރާ އަކީ. އަދި ކިޔަވައިދޭ އިރު ވެސް ތިން އަހަރު އަދި ބައެއް ފަހަރު ހަތަރު އަހަރު ކިޔަވައިދޭ ދާއިރާއެއް މި ދާއިރާ އަކީ،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށް ނިމޭތާ ހައެއްކަ މަސް ފަހުން އެ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދޭ ކަމުގެ ޝަކުވާ ވެސް ދަނީ ލިބެމުންނެވެ. އެ ކަންކަމަށް ހައްލު ގެންނަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން 2015 ގައި ޖުޑިޝަލް އެކަޑަމީ ވެސް އުފެއްދީ އެ މަގްސަދުގައި ކަމަށް އަނިލް ވިދާޅުވި އެވެ. ޖުޑިޝަލް އެކަޑަމީ އަށް ވަސީލަތްތައް ލިބި، ރަނގަޅަށް ހިނގައިގަންނަން ދެން ވެސް ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ކޯސްތަކުގެ ފެންވަރު މަތިކުރަން މަސައްކަތް ކުރައްވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ މިރޭ ދިން ބައެއް ވަކީލުން ހުވާ ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގާނޫނީ ދާއިރާއިން ގިނަ ބަޔަކު މަތީ ތައުލީމް ހާސިލް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި، އޭޖީ އަނިލް ވިދާޅުވީ އެ ދާއިރާ އިން ކިޔަވާ ކޮންމެ މީހަކީ ކޯޓުތަކުގައި ވަކާލާތުކުރާ މީހަކަށް ނުވެދާނެ އެވެ. އެހެން ގައުމުތަކުގައި ވެސް އެކަން އޮތީ އެހެން ކަމަށާއި ބައެއް ގައުމުތަކުގައި އެ ދާއިރާ އިން މީހުން އިލްމު ހާސިލް ކުރަނީ އެ މީހަކު ކުރާ ފަންނީ އެހެން މަސައްކަތަކަށް ބޭނުންވާ އިތުރު އެހީ ހޯދުމުގެ ގޮތުން ކަމަށް އަނިލް ވިދާޅުވި އެވެ. އެ ކަންކަމަށް ވިސްނައި، ރާއްޖޭގައި އެ ބަދަލުތައް ވެސް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދާއިރާ އިތުރަށް ފުޅާ ކުރަމުން ގެންދާއިރު މި ދެންނެވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، މި ދާއިރާ އަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ތެރެއިން ބަދަލުތަކެއް އެބަ ގެންނަންޖެހޭ،" އަނިލް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި 181 މީހަކަށް ވަކީލުކަމުގެ ހުއްދަ ވަނީ ދީފަ އެވެ. މިއީ މި އަހަރު ވަކީލުކަމުގެ ހުއްދަ ދިން ދެވަނަ ބެޗެވެ. މިހާރު ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި 1،500 އަށް ވުރެ މީހުން އެބަ ތިއްބެވެ.
ޕަބްލިކް ޑިފެންޑާސް އޮފީސް: ބޭނުންތެރި ކަމެއް
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
އިސްލާހުކުރަން މިއީ ރަނގަޅު ވަގުތެއް: ފާއިޒް
އަނިލްއާ ބައްދަލު ކުރެއްވުމަށް ޝާހީން އެދިވަޑައިގެންފި
ބަންޑާރަ ނައިބާ ދެކޮޅަށް ހެދި ޕެޓިޝަނެއް ހުއްޓުވައިފި
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
ބަންޑާރަ ނައިބު ކޯޓުތަކަށް ނުފޫޒު ނުފޯރުވަން ގޮވާލައިފި
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް
ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ