31 ޖުލައި 2018
ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވަރަށް އަވަހަށް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވަރަށް އަވަހަށް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަ މީހަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަންވާނެ އެވެ.
ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ހާމަކުރަން އަންގާފައިވާ މުދަލާއި ފައިސާގެ މާލީ ބަޔާން ވޭތުވި 4 އަހަރު އޮޑިޓަރ ޖެނެރަލް އަށް ރައީސް ޔާމީން ހުށައަޅުއްވާފައެއްނުވޭ. pic.twitter.com/O2MFS5WpLe
— ????? ??????? (@AhmedMahloof) July 30, 2018
މަހުލޫފް ރޭ ކުރެއްވި ޓްވީޓް--
ތަރުޖަމާނު މިހެން ވިދާޅުވެފައި މި ވަނީ، ވޭތުވެދިޔަ ހަތަރު އަހަރު ރައީސް ޔާމީން މާލީ ބަޔާން އޮޑިޓާ ޖެނެރަލް އަށް ހުށަނާޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ ވިދާޅުވެފައި އޮއްވަ އެވެ.
އެކަމާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އޮޑިޓާ ޖެނެރަލް އަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމެއް މުއާޒު ވިދާޅެއްނުވެ އެވެ.
.. Maalee Bayaan hushahalhaane goiy islaahu kuravvai, Auditor General vany maalee bayaan hushahalhaane format eh Raees aa dhaadhi fahun hissaa kuravvaafa. E format aa eggothah maalee bayaan varah avahah hushahalhuvvaane kamuge furihama yageenkan Raees vany dhevvaafai" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 31, 2018
2/2
މުއާޒު މިއަދު ކުރެއްވި ޓްވީޓް--
މާލީ ބަޔާން ހުށަހެޅުމުގެ އާ ފޯމެޓެއް އޮޑިޓާ ޖެނެރަލް ދާދިފަހުން ރައީސް ޔާމީން އާ ހިއްސާ ކުރައްވާފައިވާ ކަމަށާއި އެގޮތަށް ވަރަށް އަވަހަށް މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ރައީސް ޔާމީން ވޭތުވެދިޔަ ހަތަރު އަހަރު މާލީ ބަޔާން ހުށަނޭޅުއްވި ސަބަބު ބަޔާންކޮށްދެއްވަން ޖެހޭ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ރައީސް ޔާމީންގެ މާލީ ބަޔާން އާންމުކޮށް ފެންނާނެހެން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް ޔާމީންނަށް ވެސް އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެމަނިކުފާނުގެ ގެއަށާއި އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ބަދަލު ގެންނަން ނާންގާ
"ރައީސްގެ މާލީ ބަޔާން ހުށަހަޅަން ވަނީ ފުރުސަތުދީފައި"
ބަދަލު ދިނުމާ ގުޅޭ އުސޫލެއް އޮޑިޓް އޮފީހުން ހަދަނީ
މާލީ ބަޔާން ހުށަހެޅުން ހަރުކަށިކޮށް، ޚާއްސަ އުސޫލެއް
ވެމްކޯގެ 21.8 މިލިއަން ރުފިޔާގެ އާމްދަނީ ސައްހައެއް ނޫން!
އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި
މާލީ ބަޔާނުގެ ފޯމެޓަށް ބޮޑު ބަދަލެއް ނުގެންނަން:އޮޑިޓް
ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުން ފަސްކޮށްފި
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް
ދީބާޖާއަށް ބަދަލުދިން މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ