އޮޑިދޯނި ފަހަރުން އަލަށް ނަގަން ފަށާފައިވާ ފީތައް އެތައް ބަޔަކަށް ބުރައަކަށްވެފައި ވާތީ، އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމެއްގައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިއަދު، ތ. މަޑިފުށީގައި ވިދާޅުވި އެވެ.
05 އޯގަސްޓް 2018
އޮޑިދޯނި ފަހަރުން އަލަށް ނަގަން ފަށާފައިވާ ފީތައް އެތައް ބަޔަކަށް ބުރައަކަށްވެފައި ވާތީ، އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމެއްގައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިއަދު، ތ. މަޑިފުށީގައި ވިދާޅުވި އެވެ.
މުދާ އުފުލާ ދޯނިފަހަރާއި މަސްވެރިކަން ކުރާ ދޯނިފަހަރު ގިނަ މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ އޮޑިދޯނި ފަހަރުން ނަގާ ފީ އާއި ސަލާމަތީ އާކުރުމަށް ނަގާ ފީއަކީ އޮޑިވެރިންނަށް ބުރައެއް ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެފަދަ ފީތަކާއި އެކި ޖޫރިމަނާތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"އަރާ ކޮންމެ ރަށަކުން އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުން އެ ޝަކުވާ އަޅުގަނޑުމެންނާ އެބަ ކުރޭ. މާނައަކީ އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަން ޖެހޭ. ރައްޔިތުންނަށް ބުރަ ބޮޑުވާ ކޮންމެ ކަމަކާ މެދު ވެރިކަމުގައި ތިބޭ މީހުން ވިސްނައި ގޮތް ނިންމަން ޖެހޭނެ،" މަޑިފުށީ ބަނދަރުގައި ހަދާފައިވާ އެމްޑީޕީ ޖަގަހާގައި ހުންނަވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.
އިބޫއަށް މަރުހަބާ ދެއްނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަމާޒަކީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުން ކަމަށެވެ.
އެމްޑީޕީގެ ސަޕޯޓަރުން ގިނަ މަޑިފުށީގެ ބިން ހިއްކާފައި އޮންނަތާ ތިން އަހަރު ވީ އިރު އެރަށުން ގޯތި ދޫނުކުރާތީ ރަށުގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެރަށުގެ 45 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދާއިމީ ބޯހިޔާވަހިކަން ލިބިފައިނުވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
އިބޫ ވިދާޅުވީ ކޯލިޝަން ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބިން ބޭނުންކުރާނެ ޕްލޭނެއް ހަދައި ގޯތި ދޫކުރެވެން ހުރި ވަރަކުން ބިން ވެސް ދޫކުރާނެ ކަމަށެވެ.
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް!
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
އެމްޑީޕީން އަންނަ މަހުގެ 3ގައި މުޒާހަރާއަށް ނިކުންނަނީ
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން