Roadha Mihaaru
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް

އިދިކޮޅު މީހުންނަށް އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް

15 އޯގަސްޓް 2018

އެމްޑީޕީގެ ވެރިކަމުގައި ނުކުރެވުނު ކަމެއް، ފަހުން ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީގެ ވެރިކަމުގައި ނުކުރެވުނު ކަމެއް، ފަހުން ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ތ. މަޑިފުށީގެ ބިން ހިއްކުމާއި ފެނުގެ ނިޒާމު އިފްތިތާހު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ނުކުމެ އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި "އެހެން ކެންޑިޑޭޓެއް" އިންތިހާބަށް ނުކުންނަވާފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެވޭނީ އެމަނިކުފާނަށެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޚާބަށް ވާދަކުރައްވާއިރު ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީން ކަނޑައެޅި، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމެވެ. އިދިކޮޅު ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ބޭފުޅުން ބައިވެރިވެ އެވެ.

"މި ބޭފުޅުންނަށް މިއިން ކަމެއް ނުކުރެއްވުނު. އޭރަކު ވެސް ނުކުރެއްވުނު. ފަހުން ވެސް ނުކުރެއްވުނު. ދެން ވެސް ނުކުރެއްވޭނެ،" -ރައީސް ޔާމީން
މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި ބާއްވަން ބޭނުންނުވާ ކަން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ފާޅުގައި ބުނާނަމަ، އެމްޑީޕީން ވެސް ބުނާނެ ކަމަށެވެ. އެކަމަކު، އެ ވާހަކަ ބުނަން އެމްޑީޕީން ލަދު ގަނެގެން އުޅޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެބައުޅޭ، އެބޭފުޅުން ކޯލިޝަން އުފެދުމުގެ ކުރިން އުޅޭ މައްސަލަތަކެއް،" އިދިކޮޅު ފަރާތްތަކުން ކޯލިޝަން ވެރިކަމެއް ހިންގަން ގާނޫނެއް ހަދަން އުޅޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- މި ސަރުކާރުން 263 މިލިއަން ރުފިޔާ މަޑިފުއްޓަށް އެކަނި ހޭދަ ކުރި.

- ވޭތުވެދިޔަ ސަރުކާރުތަކުން މަޑިފުއްޓަށް ހޭދަކުރީ ފަސް މިލިއަން ރުފިޔާ.

- މެނިފެސްޓޯގެ 10 ޕަސަންޓު ކަންކަން ފުރިހަމަކުރި ކަމަށް ދައްކާ ވާހަކަ ދޮގު ކުރެއްވި.

- އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް 30 ރިސޯޓު ނިންމިން

- އިތުރު 21 ރިސޯޓެއްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ނިމޭނެ.

މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

މީގެ 14 އަހަރު ކުރިން، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ހިމެނޭ މަޑިފުއްޓާއި ވިލުފުއްޓާއި ކޮޅުފުށިން މިސާލު ނަންގަވައި، ރައީސް ޔާމީން ވަނީ މި ސަރުކާރުން ކޮށްދޭން ބުނި ކަންކަމުގެ ތެރެއިން "ބައިކުޅަ ބައެއް" ފުރިހަމަވި ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ރައީސް ވަނީ އިދިކޮޅު ބޭފުޅުން މަގާމުގައި ތިއްބެވި އިރު، ސުނާމީގައި ބޯހިޔާވަހިކަން ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނުތޯ ސުވާލު ކުރައްވައިފަ އެވެ.

ސުނާމީއަށް ފަހު، ބަނދަރުތަކުގައި ޓެންޓު ޖަހައިގެން 10 އަހަރު ބައެއް މީހުން ދިރިއުޅުނު ކަމަށާއި އެމީހުންނަށް އޭރުގެ ސަރުކާރުތަކުން ދާއިމީ ބޯހިޔާވަހިކަމެއް ހޯދައި ނުދެވުނު ކަމަށް ވިދާޅުވި އެވެ.

މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

މަޑިފުށީގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް 12 މަސް ތެރޭގައި ދާއިމީ ގެދޮރު ފޯރުކޮށްދެވުނީ ރޭވުންތެރިކަމާއެކު އެކަން ކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މިކަހަލަ ކަންކަން އިދިކޮޅު ފަރާތްތަކުން މުރާޖައާ ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ބޭފުޅުންނަށް މިއިން ކަމެއް ނުކުރެއްވުނު. އޭރަކު ވެސް ނުކުރެއްވުނު. ފަހުން ވެސް ނުކުރެއްވުނު. ދެން ވެސް ނުކުރެއްވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން މީހަކު ކުރީމާ، އެމީހަކު ރައްޔިތުންނަށް ހިދުމަތް ކުރިކަން ވެސް އެބޭފުޅުން ފާހަގަކުރައްވާކަށް ބޭނުމެއް ނުވެ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައިސް، ފައިސާ ހޯދުމުގެ ނަމުގައި ހުރިހާ އެއްޗެއް ވިއްކާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކާޅު ހަދާނީ ހާލި، ކޮވެލި އަޅާނީ ބިސް،" ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވި އެވެ.