އަމިއްލަ ޚަރަދުގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީ ދޭން ނިންމައިފި އެވެ.
06 އޯގަސްޓް 2018
އަމިއްލަ ޚަރަދުގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީ ދޭން ނިންމައިފި އެވެ.
އެ ފަންޑުން ދެމުން އަންނަ ސްކޮލަޝިޕްގެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައި ބުނެފައިވަނީ، ސަރުކާރު ސްކޮލަޝިޕެއްގައި ފިޔަވައި އަމިއްލަ ގޮތުން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރަކަށް ކޯސް ފުރިހަމަކުރަން މާލީ ގޮތުން ދަތިވެއްޖެ ނަމަ، އެހީ ހޯދަން ޒަކާތު ފަންޑަށް ހުށަހެޅޭނެ ކަމަށެވެ.
އެ އެހީއަށް އެދި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ކުރިމަތިލެވޭނެ އެވެ. އަދި އެފަދަ ދަރިވަރަކަށް އެހީއެއް ދިނުމާ މެދު ގޮތެއް ނިންމާނީ އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް އުސޫލުގައި ވެ އެވެ.
ކިޔެވުން ކުރިއަށްގެންދާ ދަރިވަރުންނަށް މީގެ ކުރިން ޒަކާތު ފަންޑުން އެހީއެއް ނުދެ އެވެ. އެ ފަންޑުން ކިޔެވޭނީ ވެސް، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ދާއިރާތަކަކުން ވަކި ގައުމުތަކެއްގަ އެވެ. ނަމަވެސް އަލަަށް ގެނައި އިސްލާހާ އެކު، ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ދާއިރާއަކުން ކިޔަވަމުން އައި ކަމުގައި ވިޔަސް ކުރިމަތިލެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް މާލީ ގޮތުން އެހީ ދިނުމަށެވެ.
ޒަކާތު ފަންޑުން މިއަހަރު 73 ސްކޮލަޝިޕެއް ދޭން ނިންމާފައި ވެ އެވެ. ސްކޮލަޝިޕްތަކަށް ކުރިމަތިލާން މިދިޔަ މެއި މަހު ހުޅުވާލިއިރު އެ ފުރުސަތު ދިނުމަށް 10 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ.
އެ އެހީގައި ކިޔެވޭނީ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ އިތުރުން މިސްރުގެ އަޒްހަރު ޔުނިވާސިޓީންނެވެ.
ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި
ދަރިވަރުންނަށް ޒަކާތު ފަންޑުގެ އެހީ ހުޅުވާލައިފި
"ޒަކާތުގެ ނިޒާމަށް ފުރައްސާރަކުރާ ބަޔަކު އެބަ އުޅޭ"
ޒަކާތުފަންޑު ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އާއްމުކޮށްފި
ޒަކާތު ފަންޑުގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
އިންޑިއާއިން ދޭ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި