މުސްލިމުންގެ މައްޗަށް މާތް ﷲ ވާޖިބު ކުރައްވާފައިވާ ޒަކާތުގެ ނިޒާމަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ބަޔަކު އެބަ އުޅޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.
10 ސެޕްޓެމްބަރ 2018
މުސްލިމުންގެ މައްޗަށް މާތް ﷲ ވާޖިބު ކުރައްވާފައިވާ ޒަކާތުގެ ނިޒާމަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ބަޔަކު އެބަ އުޅޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑު ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމަށް މަލާމާތްކުރަނީ މި މުޖުތަމައުގެ ތެރޭގައި އުޅޭ މަދު ބައެއް ކަމަށެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަކާތް ދެއްކުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނަކަށް ވާއިރު، އެކަމަށް މަލާމާތް ކުރުމަކީ އިސްލާމް ދީނަށް މަލާމާތް ކުރުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ޒަކާތުގެ ނިޒާމާ ބެހޭ ގޮތުން ޝައްކު އުފައްދާ ބަޔަކު އުޅޭ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު (ކ) ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
ޒަކާތަކީ ހަމައެކަނި ވިޔަފާރިވެރިން ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮތް ކަމުގައި ވިއަސް އެއީ އާމްދަނީ ލިބޭ ހުރިހާ އެންމެން ދައްކަންޖެހޭ އެއްޗެއްކަމަށް ވިދާޅުވި އެވެ. އެހެންވެ ޒަކާތް ދެއްކުމުގެ ހައްގު ލިބިފައިވާ އެންމެން ޒަކާތް ދައްކާ ނަމަ، މިހާރަށް ވުރެ ގިނަ އެހީތައް މުޖުތަމައަށް ފޯރު ކޮށްދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ ފަންޑުން މިހާރު ވެސް އަންނަނީ ތައުލީމް ހާސިލު ކުރުމަށް އެހީތެރިވުމުގެ އިތުރުން، ތެލަސީމިއާ ހުންނަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ގިނަ އަދަދެއްގެ ކުދިންނަށް ކޮންމެ އަހަރަކު ވެސް ފުރުސަތު ދެމުންނެވެ.
ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު (ކ) ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު /މިހާރު
މިނިސްޓަރު ވިދާޅުވީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޒަކާތުގެ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ފަގީރުން ކަނޑައަޅާ މިންގަނޑު އަލުން މުރާޖައާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ ޒަކާތް ވާޖިބުވާ ހުރިހާ އެންމެން ޒަކާތް ދެއްކުމަށް އެދިވަޑައިގެންފަ އެވެ.
ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި
ދަރިވަރުންނަށް ޒަކާތު ފަންޑުގެ އެހީ ހުޅުވާލައިފި
އަމިއްލަގޮތުން ކިޔަވާ ދަރިވަރުންނަށް ޒަކާތު ފަންޑު އެހީ
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް