03 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 3) - އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކްސްގެ ފުޓްބޯޅައިން ބްރެޒިލަށް ނޭމާގެ އެހީގައި ރަން މެޑަލް ހޯދޭނެ ކަމަށް ބްރެޒިލް ޓީމުގެ ކޯޗު ރޮޖެރިއޯ މައިކަލް ބުނެފި އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 3) - އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކްސްގެ ފުޓްބޯޅައިން ބްރެޒިލަށް ނޭމާގެ އެހީގައި ރަން މެޑަލް ހޯދޭނެ ކަމަށް ބްރެޒިލް ޓީމުގެ ކޯޗު ރޮޖެރިއޯ މައިކަލް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕުން އެ ޓީމު ކެޓީ ސެމީ ފައިނަލުގައި 7-1 އިން ޖަރުމަން އަތުން ބަލިވުމުންނެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެ އެވެ. މިދިޔަ ޖޫން މަހު އެމެރިކާގައި ބޭއްވި ކޮޕަ އެމެރިކާގައި ނޭމާ ނުކުޅުނީ އޮލިމްޕިކްސްގައި ކުޅުމުގެ ގޮތުން ބާސެލޯނާ އާއި ބްރެޒިލްގެ ފެޑެރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ބްރެޒިލް ކޮޕަ އެމެރިކާ އިން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެ މުބާރާތަށް ފަހު އެ ޓީމުގެ ކޯޗުކަމުން ޑުންގާ ވަނީ ވަކިކޮށްފަ އެވެ.
ބްރެޒިލަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ނުލިބި އޮތް ހަމައެކަނި ބޮޑު ކާމިޔާބީ އަކީ އޮލިމްޕިކްގެ ރަން މެޑަލެވެ. ރޮޖެރިއޯ ބުނީ ނޭމާގެ އެހީގައި އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"އަހަރެމެން ކުޅޭނީ ނޭމާ އަށް ބަރޯސާވެގެން. އެ ފެންވަރުގެ ކުޅުންތެރިއަކަށް ބަރޯސާވެގެން މުބާރާތެއް ކާމިޔާބު ކުރެވޭނީ. އަހަރެން ގަބޫލުކުރާ ގޮތުގައި ނޭމާގެ ކިބައިގައި އެ ފެންވަރު އެބަހުރި. ސީނިއާ ގައުމީ ޓީމުގެ ކެޕްޓަންކަން ޒުވާން އުމުރުގައި ކުރުމަކީ އާދައިގެ ކުޅުންތެރިއަކަށްވާނެ ކަމެއް ނޫން. ބްރެޒިލްގެ ޒުވާން ކުޅުންތެރިންނަށް ނޭމާ އަކީ މިސާލެއް،" ރޮޖެރިއޯ ބުންޏެވެ.
ނޭމާ އަކީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް ފައިނަލުގައި މެކްސިކޯ އަތުން ބަލިވި ބްރެޒިލް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މި ފަހަރުގެ އޮލިމްޕިކްސް އަށް ބްރެޒިލުން ނެގި ސްކޮޑުގައި 23 އަހަރުން މަތީގެ ތިން ކުޅުންތެރިންގެ ތެރޭގައި ނޭމާގެ އިތުރުން ހިމެނެނީ ޑަގްލަސް ކޮސްޓާ އާއި ގޯލްކީޕަރު ފެނާންޑޯ ޕްރަސް އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލް އޮތީ ދެކުނު އެފްރިކާ އާއި ޑެންމާކް އަދި އިރާގާ އެކު ގްރޫޕް އޭގަ އެވެ. ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.
ނޭމާގެ ރެކޯޑް ލަނޑާ އެކު ބްރެޒިލް ފައިނަލަށް
ނޭމާގެ ލަނޑާ އެކު ބްރެޒިލް ސެމީ އަށް
ދެކުނު އެފްރިކާ އިން ބްރެޒިލް ހިފަހައްޓައިފި
އޮލިމްޕިކް ގޯލްޑް ހޯދުން މާ މުހިންމު: ނޭމާ
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ނޭމާ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލް ކޯޗު ރަތަށް
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި