ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކެޓުމާ ގުޅިގެން މާޔޫސް ވެފައި ހުރި ބްރެޒިލްގެ ތަރި ނޭމާ، މާ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ގައުމުގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
13 ޑިސެމްބަރ 2022
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކެޓުމާ ގުޅިގެން މާޔޫސް ވެފައި ހުރި ބްރެޒިލްގެ ތަރި ނޭމާ، މާ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ގައުމުގެ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ކުއާޓާ ފައިނަލް ޕެނަލްޓީ ޖަހައިގެން ބަލިވުމުން ނޭމާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެވެ.
ޕެނަލްޓީގައި ނޭމާ ހުރީ އެޓީމުގެ ފަސްވަނަ ޕެނަލްޓީ ޖަހާށެވެ. އެކަމަކު ރޮޑްރިގޯ އާއި މާކީނިއޯސް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ފަސްވަނަ ޕެނަލްޓީ ޖަހަން ނުޖެހި ބްރެޒިލް ކެޓީ އެވެ. އެ މެޗަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުން އަލުން ނުފެނިދާނެ ކަމުގެ އިޝާރާތެއް ނޭމާ ވަނީ ދީފަ އެވެ.
އެކަމަކު ބްރެޒިލަށް ވޯލްޑް ކަޕު ޗެމްޕިއަންކަން އެންމެ ފަހު ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ހުރީ ނޭމާ އާ މެދު މާބޮޑު އުންމީދެއްގަ އެވެ.
ކްރޮއޭޝިއާ ކޮޅަށް ގޯލު ޖަހަން ނޭމާ، ކީޕަރު ކައިރިން ނައްޓަނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެންނަށް ހީވަނީ މި ވަގުތު އޭނާ ހުރީ މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުން އެކަމާ ދެރަ ވެފައި ހެން. އޭނާ އަށް އެކަން އިހުސާސް ކުރެވުމަކީ އާދައިގެ ކަމެއް އެކަމަކު އަހަރެންނަށް ޔަގީން އޭނާ މާ ވަރުގަދަކޮށް އެނބުރި އައިސް ގައުމީ ޓީމަށް ކުޅޭނެ،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެފަހަރަށް ހޯދި ރޮނާލްޑޯ ބުންޏެވެ.
"އޭނާ އަދިވެސް ޒުވާން، އަދި އެންމެ 31 އަހަރު، ދެން އޮންނަ ވޯލްޑް ކަޕެއްގައި ވެސް އޭނާ އަށް ކުޅެވޭނެ ކަމަށް އަހަރެން ގަބޫލު ކުރަން. އަހަރެން ވަރަށް އުފާވޭ، އެއީ އޭނާ ދައްކުވައިދީފ.ި ގައުމީ ޓީމަށް އޭނާގެ ކޮމިޓްމަންޓް، ފާއިތުވި ހަ މަސްދުވަހު އޭނާ އަމިއްލަ ނަފްސާ މެދު ވެސް ވަރަށް ފަރުވާތެރި ވި. އެއީ އަހަރެމެންނަަށް ވަރަށް މުހިއްމު ކަމެއް، އުންމީދަކީ އެކަމުން އަރައިގަނެ، ވަރުގަދަކޮށް ޕީއެސްޖީ އާއި ސެލެކާއޯ (ބްރެޒިލް ގައުމީ ޓީމް) އަށް އަންނާނެ ކަމަށް."
ރޮނާލްޑޯ ދެކޭ ގޮތުގައި ބްރެޒިލް ޓީމަށް ވޯލްޑް ކަޕްގެ ސެމީ ގެ ޖާގަ ގެއްލުނީ، ނޭމާގެ ގޯލަށް ފަހު ޓީމުގެ ކުޅުން މާ ބޮޑަށް ލަސް ކޮށްލެވުމުންނެވެ.
2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކާމިޔާބު ކުރުމަށް ފަހު ރޮނާލްޑޯ.-- އޭއެފްޕީ ފައިލް ފޮޓޯ
"އެނގެން ވާނެ ބޯޅަ ގެންގުޅެން ވީ ގޮތް (ލީޑު ހޯދުމަށް ފަހު)، އިދިކޮޅު ޓީމު ފަހަތުން ދުވަން ވީ ގޮތް، ބޯޅަ ގޯލާ ވީހާވެސް ދުރުގައި ބާއްވަން. މި އުކުޅު އެނގެން ވާނެ. އަހަރެންނަށް ހީވަނީ އެއީ ހެން ކްރޮއޭޝިއާ މެޗުގައި މަދުވި ކަމަކީ،" ބްރެޒިލް އާއެކު ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފޯވާޑް ބުންޏެވެ.
ބްރެޒިލް ވޯލްޑް ކަޕާ ކުރިމަތިލީ ހަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށް އެމީހުންގެ ރެކޯޑް އާ ކުރުމުގެ އުންމީދުގަ އެވެ.
ރޮނާލްޑޯ ބުނީ އޭނާ ލަފާ ކުރީ ބްރެޒިލް އާއި ފްރާންސް ވޯލްޑް ކަޕް ފައިނަލްގައި ވާދަކުރާނެ ކަމަށެވެ. ނަމަވެސް ބްރެޒިލް މުބާރާތުން ކަޓައިފައި ވުމާ އެކު ފްރާންސުން ތަށި ހޯދާނެ ކަމަށް އޭނާ ދެކެ އެވެ.
"ފްރާންސަކީ ފޭވަރިޓުންގެ ގޮތުގައި ދެކެނީ، އެއީ އެމީހުން އެޓޭކާއި ޑިފެންސް ގައި ވެސް ވަރަށް ވަރުގަދަ،" ސްޕެއިންގެ ކްލަބް ރެއާލް ވަޔަޑޮލިޑްގެ ރައީސް ބުންޏެވެ.
"އެމްބާޕޭ އަށް މިއީ އަދި ވަރަށް ކާމިޔާބު މުބާރާތެއް. އޭނާގެ ފިޒިކަލް އާއި ޓެކްނިކަލް ކޮލިޓީ އެބަހުރި، އަހަރެން ދެކެނީ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާނީ އޭނާ ކަމަށް. އޭނާ ފެނުމުން އަހަރެން ކުޅުނު ދުވަސްވަރު މަތިން ވެސް ހަނދާން ވޭ. އޭނާއަށް އެނގޭ އޭނާގެ ހުނަރު ބޭނުން ކުރަން، އޭނާގެ ދުވެއްޔާއި ބާރު، އެހެން ކުޅުންތެރިންނަށް ވުރެ ބާރަށް ދުވަންވީ ގޮތާއި އޭގެ މޭބުން ކޮށްގެން ޕާސް ދީ ގޯލު ޖަހަން ވެސް އޭނާ ދަނޭ. އުންމީދުން ފުރިގެންވާ ކުޅުންތެރިއެއް އެއީ."
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ނޭމާ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލް ކޯޗު ރަތަށް
ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި
ނޭމާ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕްތަ؟
މުބާރާތުގައި ނޭމާ ނުކުޅެން އެމްޕީއަކު ގޮވާލައިފި
"ނޭމާ އަށް ބްރެޒިލް މެޗުތައް ކުޅެވޭނެހެން ހީނުވޭ"
ބްރެޒިލާއި އާޖެންޓީނާ އަށް މޮޅެއް