Roadha Mihaaru
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން

ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން: ރާއްޖެ ޓީވީ

09 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީ ފަސް ވަނަ ފަހަރަށް އިއްޔެ ޖޫރިމަނާ ކުރުމުން އެ ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރެވެން އޮތް އެންމެ ބޮޑު އަދަދުން ބްރޯޑްކޮމް އިން އެކަން ކޮށްފައިވަނީ ރާއްޖެޓީވީ ހުއްޓުވުމަށް އެ ކޮމިޝަންގެ މެމްބަރުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

"އެއީ އަންނަ މަހު ބާއްވާ އިންތިހާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތައް ހުރަސް އަޅައި ފޯކަސް ގެއްލުވާލުމަށް، ރަނގަޅަށް ހިސާބު ޖެހުމަށްފަހު ދިން ބޮޑު އަނިޔާއެއް،" ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބްރޯޑްކޮމް އިން ބުނިގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމުން ކަމަށެވެ. އެހެންވެ ދެ ގާނޫނަކާ ހިލާފުވެގެން ކުރި ޖޫރިމަނާ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.

RaajjeTV 2 million rufiyaa in joorimanaa koffi

RaajjeTV 2 million rufiyaa in joorimanaa koffi

The most trusted news source in the Maldives

Mihaaru

ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން--

ރާއްޖެޓީވީން ބުނީ ބްރޯޑްކޮމްއިން އެ ސްޓޭޝަން ޖޫރިމަނާ ކުރީ "ބުހުތާން ދޮގު" ހެދުމަށްފަހު ކަމަށެވެ. މައްސަލަ ނިންމިއިރު ރާއްޖެޓީވީ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެޓީވީން ގެނެސްދިން އިންޓަވިއުގައި ދެއްކި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ބްރޯޑްކޮމް އިން ބުނާއިރު އެފަދަ މައްސަލަ ބަލަން ޖެހޭ އެއްވެސް މުއައްސަސާއަކުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ޓީވީން ބުނީ އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބްރޯޑްކޮމްގެ މެމްބަރުންނަށް އެ ކޮމިޝަންގެ ފަންނީ މުވައްޒަފުން ލަފާދީފައިވަނިކޮށް ކަމަށް އެ ސްޓޭޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން މިދިޔަ އަހަރު އެކިފަހަރު މަތިން 1.7 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވެ އެވެ. އެކަންކަމަށް އިންސާފު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވެސް ރާއްޖެ ޓީވީން ބުނެ އެވެ.

އެ ސްޓޭޝަނަކީ އެހާ ބޮޑު ޖޫރިމަނާއެއް ދެއްކުމުގެ ގާބިލުކަން ނެތް ސްޓޭޝަނެއް ނަމަވެސް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.