Roadha Mihaaru
އިދިކޮޅު ބޮޑު ޖަލްސާ ފަސްކޮށްފި

އިދިކޮޅު ބޮޑު ޖަލްސާ ފަސްކޮށްފި

10 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ އެއް ބޭއްވުމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކޮށްފައިވަނިކޮށް އެ ޖަލްސާ ފަސް ކުރަން މިއަދު ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ އެއް ބޭއްވުމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކޮށްފައިވަނިކޮށް އެ ޖަލްސާ ފަސް ކުރަން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން މި މަހުގެ ދެ ވަނަ ދުވަހު ހައުސިން މިނިސްޓްރީގައި އެދިފައިވަނީ އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިރޭ ބޭއްވުމަށް ދަރުބާރުގޭ ނުވަތަ ކާނިވާ ސަރަހައްދު ދިނުމަށެވެ. ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ދަރުބާރުގޭ ޖަލްސާއަށް ދޭން ނިންމިކަން އަންގާފަ އެވެ.

އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީން ދަރުބާރުގޭ ދޫކުރާނެ ކަން އެންގީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމުން ޖަލްސާ ފަސް ކުރަން ނިންމީ ތައްޔާރީތައް ވާން ވަގުތު ނެތުމުން ކަމަށެވެ.

Idhikolhu coalition ge jalsaa baavvan dharubaaruge dhenee

Idhikolhu coalition ge jalsaa baavvan dharubaaruge dhenee

The most trusted news source in the Maldives

Mihaaru

އިދިކޮޅު ޖަލްސާއަށް ދަރުބާރުގޭ ދޭން ނިންމުން--

"އިއްޔެ ހަވީރު ތިނެއް ޖެހިފަހުން އަންގާފައިވަނީ. އަޅުގަނޑުމެން ޖެހޭނެތާ ތައްޔާރުވެ އިސްތިހާރުކޮށް ވެސް ހަދަން. ވަގުތު ކުޑަތަންވުމުން އަލުން އެހެން ދުވަހަކަށް އެދެން ނިންމީ،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ އެހެން ދުވަހަކަށް ދަރުބާރުގެ ނުވަތަ ކާނިވާ ދޫކުރުމަށް ހައުސިންގައި އެދޭނެ ކަމަށެވެ.

މިއީ، ފަހުގެ ތާރީޚެއްގައި އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ ބިމެއް ނުވަތަ އިމާރާތެއް އެ ފަރާތްތަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ފަހުގެ ތާރީޚެއްގައި އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ އެއްވެސް ބިމެއް، އިމާރާތެއް ދުލެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިން މޭޓް ފައިސަލް ނަސީމް ގެންދަވަނީ އަތޮޅުތެރެއާއި މާލޭގައި ކެމްޕެއިންގެ ހަރަކާތްތައް ހިންގަވަމުންނެވެ.