Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސައީދު، އިބޫއަށް: ރޯކުރި ތަންތަނުގެ ވާހަކަ ދައްކާ!

ސައީދުގެ ރައްދު އިބޫއަށް، ރޯކުރި ތަންތަނަށް ބަދަލުދޭނެ ގޮތުގެ ވާހަކަ ދެއްކުން ބުއްދިވެރި

12 އޯގަސްޓް 2018

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން މި ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފި އެވެ.

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން މި ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ފްލެޓު ދޭން އުޅޭތާ ފަސް އަހަރުވެފައިވާ އިރު، އެ މީހުންނަށް ހާއްސަ ކުރި އެއްވެސް ފްލެޓެއްގެ މަސައްކަތް މިހާތަނަށް ނުނިމޭ ކަމަށެވެ. އަދި އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެއް އަހަރުގެ ތެރޭގައި އެ ފްލެޓްތަކަށް ވަދެވޭވަރު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫގެ އެ ވާހަކަތަކަށް މިނިސްޓަރު ސައީދު ރައްދު ދެއްވައި ނެންގެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު މާލެ އާއި އެކި ރަށްރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ދައުލަތުގެ އިމާރާތްތަކުގައި ރޯކުރި މައްސަލަ އެވެ.

ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި، ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދައިލި އެވެ. އެ މައްސަލަ ސާބިތުވެ މިހާރު ބައެއް މީހުން ވަނީ ޖަލަށް ލައިފަ އެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މައްސަލަތައް އަދިވެސް ނުނިމެ އެވެ.

މިނިސްޓަރު ސައީދުގެ ޓުވީޓް

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ މަގުބޫލުކަން ހޯއްދެވުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމުގެ ވާހަކަ އަށް ވުރެ ބޮޑަށް، ފެބްރުއަރީ 8 ގައި ރޯކޮށް، ބިމަށް ތިރި ކުރި ދައުލަތުގެ މުދަލަށް ބަދަލުދޭނެ ގޮތުގެ ވާހަކަ އިބޫ ދެއްކުން ބުއްދިވެރި ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނިންމައި ނުދެވުނު، ސިފައިންނާއި ފުލުހުންގެ ހައުސިން ޕްރޮގްރާމްގެ ކޮންޓްރެކްޓަރުންނަށް 200 މިލިއަން ރުފިޔާ ހޭދަކޮށް، 14 ބުރީގެ ހަ އިމާރާތުގެ ތެރެއިން ހަތަރު އިމާރާތް ރައީސް ޔާމީންގެ ސަރުކާރުން މި އަހަރުގެ ނިޔަލަށް ނިންމާނެ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. އެ ތަންތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މިހާރު އެއްވެސް ކަމެއް އިމާރާތްތަކުގައި ކުރާ ތަނެއް ނުފެނެ އެވެ.