Roadha Mihaaru
އިބޫ ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް

އިބޫ، ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް ވަޑައިގެންފި

14 އޯގަސްޓް 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ތިން ދުވަހު ތެރޭ ވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ ހދ. ހަނިމާދޫން އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ތިން ދުވަހު ތެރޭ ވަޑައިގެންފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ހެނދުނު މާލެ އިން ހަނިމާދު އަށް ވަޑައިގަތުމަށް ފަހު، އިބޫ އާއި އޭނާގެ ކެމްޕެއިން ޓީމުގެ ފުރަތަމަ މަންޒިލަކީ ނޮޅިވަރަމްފަރެވެ. އާދިއްތަ ދުވަހާއި ހޯމަ ދުވަހު ދުވާލަކު ފަސް ރަށަށް ވަޑައިގަތެވެ. ފުރަތަމަ ރޭ މަޑުކުރެއްވީ މީހުން ދިރިއުޅޭ ރަށްތަކާ އެކަހެރިކޮށް އޮންނަ މަކުނުދޫގަ އެވެ. އަދި މަކުނުދޫގައި ކެމްޕެއިން ޖަލްސާއެއް ބޭއްވެވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ރޭ މަޑުކުރެއްވީ އުތުރުގެ މައި މަރުކަޒު ކުޅުދުއްފުށީގަ އެވެ. ކުޅުދުއްފުށީގައި ކޯލިޝަންގެ ބޮޑު ޖަލްސާއެއް ރޭ ބޭއްވުމަށް ފަހު، އިބޫ ވަނީ ނޮޅިވަރަމާއި ފިނޭގެ އިތުރުން ހަނިމާދު އަށް މިއަދު ވަޑައިގެންފަ އެވެ. އާބާދީގައި 18،000 އަށް ވުރެ ގިނަ މީހުން އުޅޭ ހދ. އަތޮޅަށް އިބޫ ކުރައްވާ މި ދަތުރު ނިންމާލައްވާނީ ހަނިމާދޫ އަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް، ބާރަށު ރައްޔިތުން އެރުވި ފަރިވަޅު.-- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް، ބާރަށު ރައްޔިތުން އެރުވި ފަރިވަޅު.-- ފޮޓޯ: އެމްޑީޕީ

އިބޫ އާއި ކޯލިޝަންގެ ޓީމް ހަނިމާދު އަށް މިއަދު ވަޑައިގެންނެވުމުން، ރަށުގެ ބަނދަރަށް އެއްވެ ތިބި ގިނަ އަދަދެއްގެ މީހުން ހޫނު މަރުހަބާއެއް ކިޔެވެ. އަދި ހއ. ބާރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ފަރިވަޅެއް އަރުވައިފަ އެވެ. ތަންޑިޔަލެއްގައި ގެނައި އެ ފަރިވަޅު އިބޫ އަށް ހަދިޔާ ކުރީ ބޮޑު ބެރުގެ ހަރަކާތަކަށް ފަހު އެވެ.

އިބޫ ހދ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ--

އިބޫ ހދ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ--

ހދ. ގެ ހުރިހާ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު، ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަން ސަރުކާރެއްގައި އެ ރަށަކަށް ކޮށްދެއްވާނެ ކަންކަން ހާމަކުރެއްވި އެވެ. އަދި ހުރިހާ ރަށެއްގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދަށް ވަޑައިގެން އާންމު ހާލަތު ބައްލަވާ ލެއްވި އެވެ.

ހަނިމާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ހދ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް އޭނާ އަށް ފެނިވަޑައިގަތީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހި ތިބި ބައެއް ކަމަށެވެ. އަދި ގިނަ މީހުން ބޭނުން ވަނީ ސަރުކާރު ބަދަލުކުރަން ކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhufuhttah Ibu ge bodethi vaudhuthakeh

Kulhudhufuhttah Ibu ge bodethi vaudhuthakeh

The most trusted news source in the Maldives

Mihaaru

ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއް ވުން--

"ބޮޑުތަނުން މި ރަށާއި މި އަތޮޅުން އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިގެންދާނެ،" ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބުނު ދަތުރާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހދ. އަތޮޅަށް ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވަމުން އިބޫ ވަނީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށް މި ސަރަހައްދުގެ މައި ރަށަކަށް ހަދާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ. އަދި ހުރިހާ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ސައިކަލެއްގައި ކުޅުދުއްފުށި ބައްލަވާލަށް ވަނީ-- ފޮޓޯ: އެމްޑީޕީ

އިބޫ ސައިކަލެއްގައި ކުޅުދުއްފުށި ބައްލަވާލަށް ވަނީ-- ފޮޓޯ: އެމްޑީޕީ

ހަނިމާދޫގެ އެއާޕޯޓުގެ އިތުރުން މި ރަށާއި އަތޮޅު ތަރައްގީ ކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއެކު ފޮޓޯއެއް ނަންގަވަނީ-- ފޮޓޯ: އެމްޑީޕީ

އިބޫ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާއެކު ފޮޓޯއެއް ނަންގަވަނީ-- ފޮޓޯ: އެމްޑީޕީ

"އެ ރަށްތައް [ޓޫރިސްޓް ރަށްތައް] ހެދުމަށްޓަކައި އިންވެސްޓް ކުރެވޭނެ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ފައިނޭންސް ހޯދޭނެ ގޮތްތައް ސަރުކާރުގެ އެހީގައި ކޮށްދޭނަން" އިބޫ ވިދާޅުވި އެވެ.

ކޯލިޝަން ލީޑަޝިޕްގެ އިސްބޭފުޅުންނާ އެކު ހދ. އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އިބޫ މިއަދު ވަނީ މާލެވަޑައިގެންފަ އެވެ.

އިބޫ ވަނީ މިދިޔަ ހަފްތާގައި ތ. އާއި ލ. އަތޮޅުގެ 20 ރަށަކަށް ވެސް ވަޑައިގެންފަ އެވެ. އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.