Roadha Mihaaru

ގިނަ ބަޔަކު އެއްތަން ނުވާ ގޮތަށް ރައީސަށް މަރުހަބާ ކިޔުމުގެ ކަންކަން ހަމަޖައްސަން އަންގައިފި

ތިލަދުންމަތީ ދެކުނުގެ ބައެއް ރަށްތަަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރަން ރައީސް އޮފީހުން އަންގައިފި އެވެ.

ރައީސަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއްތަންވުން މަނާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ޖުލައި 2021

ތިލަދުންމަތީ ދެކުނުގެ ބައެއް ރަށްތަަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރަން ރައީސް އޮފީހުން އަންގައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހަފުތާ ބަންދުގެ މި ދެ ދުވަހު ރައީސް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ.

އެކަމަކު، ކޮވިޑުގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާއެއްގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ ހދ. ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދު އަށެވެ.

މަބްރޫކް ކުރިން ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމާ އެކު، ތަރައްގީގެ މަސައްކަތްތައް ހިންގުމާއި ހިދުމަތް ދިނުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ވެސް ކައުންސިލްތަކުގެ މެމްބަރުންނާ އެކު 127 ބައްދަލުވުން ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަޑައިގެންނެވި އެވެ.