Roadha Mihaaru
ރައީސް ކަން ކުރައްވަނީ އަޅުގަނޑުމެންގެ ފަހަތުން: އިބޫ

ރައީސް ކަމެއް ކުރައްވާނީ ކޯލިޝަނުން ކަމެއް ކުރީމާ: އިބޫ

17 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމެއް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު އަބަދުވެސް ކަންކަން ކުރައްވަނީ އިދިކޮޅު ކޯލިޝަނުން ކަމެއް ކުރުމުން، އޭގެ ފަހަތުން ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދ. ކުޑަހުވަދޫގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމެއް ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނު އަބަދުވެސް ކަންކަން ކުރައްވަނީ އިދިކޮޅު ކޯލިޝަނުން ކަމެއް ކުރުމުން، އޭގެ ފަހަތުން ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދ. ކުޑަހުވަދޫގައި ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން މެނިފެސްޓޯއެއްގައި ލިޔެ އާންމުކުރިއިރު، ވާދަވެރިންގެ މެނިފެސްޓޯއެއް ނުފެންނަ ކަމަށެވެ. އަދި އަބަދުވެސް އެބޭފުޅުން ކަންކަން ކުރައްވަނީ ކޯލިޝަނުން ކަމެއް ކުރީމާ އޭގެ ފަހަތުން ކަމަށް ވިދާޅުވި އެވެ.

"ކަމެއް ކުރީމަ އޭގެ ފަހަތުން ކަމެއް ކުރުން މި އޮންނަނީ. އަމިއްލައަށް ރާވައިގެން އިސްވެ ކަމެއް ކުރުމުގެ ވިސްނުމެއް ރައީސް ޔާމީންގެ ނެތް. އެއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް. ހަމައެކަނި ސިކުނޑީގައި އޮތް އެއްޗަކީ އެންމެ ކަމެއް. އަޅުގަނޑު އިތުރަކަށް އެއީ ކޮން ކަމެއްކަން ދަންނަވާކަށް ނެތިން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާ. - ފޮޓޯ: އެމްޑީޕީ

ދ. ކުޑަހުވަދޫގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާ. - ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ބަޖެޓް ބެލެންސްކޮށް ތިންވަނަ އަހަރު އެއީ ނަފާ އޮތް ސަޕްލަސް ބަޖެޓަކަށް ހައްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ފަސް އަހަރު ނިމޭއިރު، 100 ޕަސެންޓު ދަރަނި ބަޖެޓަކަށް ވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި މިހާރު 50 ބިލިއަނަށް އެރުމަކީ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމުގެ ހެއްކެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ޑޮލަރުގެ އަގު ތިރި ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ޑޮލަރުގެ އަގަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުތައް ހުރީ ނުފުއްދި އެވެ. އަދި ކަންކަން ކުރައްވަނީ މުޅިން އެހެން ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި މަސައްކަތް ކުރައްވަނީ އިންސާފުގެ ތެރެއިން ދެ ފުށް ފެންނަ، ގާނޫނު އަސާސީގައި ބަޔާންކުރާ އުސޫލުގެ މަތިން ކަމަށް އިބޫ ވިދާޅުވި އެވެ.

ރަށްރަށަށް ވަޑައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަމެއް އެއްސެވުމުން ގިނަ ރައްޔިތުން އެދެނީ އިންސާފު ގާއިމުކުރުމަށް ކަމަށާއި އިދިކޮޅު ވެރިކަމެއްގައި އިންސާފު ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

ކުޑަހުވަދު އަށް އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އެ ރަށުގައި އާބަން ސެންޓަރެއް ހެދުމާއި ކޮމާޝަލް ބަނދަރަކާއި މަގާއި ހޮސްޕިޓަލާއި ސްކޫލް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ކުޑަހުވަދޫއަށް ބަދަލުކޮށްފައިވާ ވާނީ ރައްޔިތުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ބަދަލު މިހާތަނަށް ވެސް ލިބިފައިނުވާތީ އެ ބަދަލު ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުން ތިބީ އަންނަ އާދިއްތަ ދުވަހު ނުކުމެ، ވޯޓުލުމަށް ތައްޔާރަށެވެ. އިދިކޮޅު ކޯލިޝަނުން މިހާ ހިސާބަށް އައިއިރު، މިނިވަން، އިންސާފުވެރި އިންތިހާބެއް ހޯދުމަށް ކުރިމަތިވި ހުރަސްތަކެއް ގިރާ ކުރެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ، އެކަން ގިރާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިއީ މުހިންމު ވަގުތެއް، މުހިންމު ވޯޓެއް. އިންތިހާބު ކާމިޔާބުވެގެން ދާއިރު، ބަދަލުތަކެއް ގެންނައިރު، މީގެ ހިއްސާ ނެގުމަކީ ކޮންމެ ރައްޔިތަކަށް ލިބޭނެ އުފަލަކަށް ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.