Roadha Mihaaru

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު އުސްމާން ހަމަޖައްސައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު އުސްމާން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

15 އޯގަސްޓް 2018

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އިސް ފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޝުޖާއު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިދިޔަ މަހު އައްޔަން ކުރެއްވުމުންނެވެ. އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ހައި ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ފަނޑިޔާރު ޝުޖާއު އެވެ.

ފަނޑިޔާރު ޝުޖާއުއަކީ ހައި ކޯޓު ފަނޑިޔާރު ކަމަށް 2015 ގައި އައްޔަން ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރެކެވެ. އޭގެކުރިން އޭނާ ހުންނެވީ މެޖިސްޓްރޭޓަކަށެވެ.