Roadha Mihaaru
ރިއޯގެ އޮލިމްޕިކް ވިލެޖް، ދުނިޔޭގެ ތާރީހުގެ ތެރެއަށް

ރިއޯގެ އޮލިމްޕިކް ވިލެޖް، ދުނިޔޭގެ ތާރީހުގެ ތެރެއަށް

04 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 4) - މި ފަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވާ އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުން ތިބޭ އެތުލީޓްސް ވިލެޖަކީ މިހާތަނަށް އޮލިމްޕިކް ތާރީހުގައި ގާއިމްކުރި އެންމެ ބޮޑު އެތުލީޓު ވިލެޖެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 4) - މި ފަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވާ އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުން ތިބޭ އެތުލީޓްސް ވިލެޖަކީ މިހާތަނަށް އޮލިމްޕިކް ތާރީހުގައި ގާއިމްކުރި އެންމެ ބޮޑު އެތުލީޓު ވިލެޖެވެ.

ރިއޯ ޑި ޖެނީރޯގެ ބަރާ ޑި ޓިޖޫކާ ސަރަހައްދުގައި ހެދި މި އެތުލީޓްސް ވިލެޖް ތައްޔާރު ކުރުމަށް ބްރެޒިލުން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. ރިއޯ އޮލިމްޕިކްސް ހިންގާ ކޮމިޓީން ބުނީ އޮލިމްޕިކްސް ފުރިހަމަ ކުރުމަށް އެތުލީޓުންގެ ހިތްހަމަޖެހުން ވަރަށް މުހިއްމު ކަމަށާއި އެހެންކަމުން ސަރުކާރުން އެކަމަށް ކުރި ހަރަދަކީ އެކަށީގެންވާ އަދަދެއް ކަމަށެވެ.

ރިއޯ އެތުލީޓްސް ވިލެޖުގައި މި ފަހަރުގެ އޮލިމްޕިކްސް ހާއްސަކޮށް 17 ބުރީގެ 31 އިމާރާތް އެޅިއިރު، ޖުމްލަ 3604 އެޕާޓްމެންޓް ހުރެ އެވެ. މި އެތުލީޓްސް ވިލެޖް ހަދާފައިވަނީ އެއްފަހަރާ 18،000 މީހުންނަށް އުޅެވޭ ގޮތަށެވެ. މި ފަހަރުގެ އޮލިމްޕިކްސް އަށް 28 ކުޅިވަރުގައި ބައިވެރިވުމަށް 11،000 އަށް ވުރެން އެތުލީޓުން ބްރެޒިލަށް ވަނީ ގޮސްފަ އެވެ. އޭގެ އިތުރުން އެތުލީޓުންނާއި އޮފިޝަލުންގެ ގޮތުގައި 7000 އަށް ވުރެން ގިނަ މީހުން ވަނީ ގޮސްފަ އެވެ.

ރިއޯ އެތުލީޓްސް ވިލެޖްގެ ފޮޓޯއެއް. -- ފޮޓޯ: ރިއޯ އޮލިމްޕިކްސް

ރިއޯ އެތުލީޓްސް ވިލެޖްގެ ފޮޓޯއެއް. -- ފޮޓޯ: ރިއޯ އޮލިމްޕިކްސް

އެތުލީޓުންނަށާއި އޮފިޝަލުންނަށް އެހީވުމަށް 13000 މީހުން އެތުލީޓްސް ވިލޭޖްގައި ހަރަކާތްތެރިވާނެ އެވެ. އެތުލީޓްސް ވިލެޖުގައި އެތުލީޓުންގެ ދަތުރު ފަތުރުތަކަށް ހާއްސަ 500 ބަސް އޮންނާނެ އެވެ.

އެތުލީޓުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް 500 އަށް ވުރެން ގިނަ ޕޮލިހުން އެތުލީޓްސް ވިލެޖްގައި ހަރަކާތްތެރިވާނެ ކަމަށް ރިއޯ އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެ އެވެ.

އޮލިމްޕިކްގައި ބައިވެރިވުމަށް މިހާތަނަށް ބްރެޒިލަށް ދިޔަ ގިނަ އެތުލީޓުން ވަނީ އެތުލީޓްސް ވިލެޖްގެ އިންތިޒާމްތައް ދަށްކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އަދި އެމެރިކާ ހިމެނެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިއާގެ އެތުލީޓުން ތިބޭ އެޕާޓްމެންޓުން އެއްޗެހިތަކެއް ގެއްލުނު މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.