Roadha Mihaaru
އާދަޔާހިލާފު އެތުލީޓެއް، 19 ރަން މެޑަލް ހޯދައިފި!

ފެލްޕްސް 19 ވަނަ ރަން މެޑަލް ހޯދައިފި، ހުއްޓުމެއް ނެތް!

08 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 8) - އޮލިމްޕިކްސްގެ ފެތުމުގެ ހަތަރެއް ގުނަ 100 ފްރީސްޓައިލް ރިލޭ އިން އެމެރިކާ ހޯދި ރަން މެޑަލާ އެކު، އެ ގައުމުގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް އޮލިމްޕިކްސްގެ 19 ވަނަ ރަން މެޑަލް ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 8) - އޮލިމްޕިކްސްގެ ފެތުމުގެ ހަތަރެއް ގުނަ 100 ފްރީސްޓައިލް ރިލޭ އިން އެމެރިކާ ހޯދި ރަން މެޑަލާ އެކު، އެ ގައުމުގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް އޮލިމްޕިކްސްގެ 19 ވަނަ ރަން މެޑަލް ކާމިޔާބުކޮށްފި އެވެ.

އޮލިމްޕިކްސްގެ އެންމެ ކާމިޔާބު އެތުލީޓުގެ ޝަރަފް ހޯދާފައިވާ ފެލެޕްސްގެ 19 ރަން މެޑަލާ އެކު އޭނާ ވަނީ ޖުމްލަ 23 މެޑަލް ފަސް އޮލިމްޕިކްސް އިން ހޯދައިފަ އެވެ. އެއީ ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ހިމަނައިގެންނެވެ.

އެމެރިކާގެ ސްވިމިން ޓީމު އިވެންޓަށް ފަހު މެޑަލް ހިފައިގެން. --ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ސްވިމިން ޓީމު އިވެންޓަށް ފަހު މެޑަލް ހިފައިގެން. --ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ޓީމުން މި އިވެންޓުން ރަން މެޑަލް ހޯދީ ތިން މިނެޓު 9.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފެލްޕްސް ދެ ވަނަ އަށް ފެތިއިރު އޭނާގެ ބުރު ނިންމާލީ 47.12 ސިކުންތުންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ ތިން މިނެޓު 10.53 ސިކުންތުން ހީޓް ނިންމި ފްރާންސެވެ. ލޯ މެޑަލް ހޯދީ އޮސްޓްރޭލިއާ އެވެ. އެ ޓީމުން ރޭސް ނިންމީ ތިން މިނެޓު 11.37 ސިކުންތުންނެވެ.

އުމުރުން 31 އަހަރުގެ ފެލްޕްސް 2014 ވަނަ އަހަރު އެނބުރި ފެތުމުގެ ތެރެއަށް އައީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް އަށް ފަހު ރިޓާޔާކުރުމަށް ފަހު އެވެ.

އިންޑިވިޖުއަލް އެތުލީޓުންގެ ތެރެއިން އެންމެ ގިނަ ރަން މެޑަލް ހޯދި އެތުލީޓުންގެ ލިސްޓުގެ އެއް ވަނައިގައި ފެލްޕްސް އޮތްއިރު ދެ ވަނައިގައި އޮތް ސޯވިއެޓް ޔޫނިއަންގެ ލަރީސާ ލެޓީނިނާ އަށް ހޯދިފައިވަނީ ނުވަ ރަން މެޑަލެވެ.