Roadha Mihaaru
ކެންޑިޑޭޓު ނަންބަރު 1 ރައީސް ޔާމީނަށް، އިބޫ އަށް 2

ކެންޑިޑޭޓު ނަންބަރު އެކެއް ރައީސް ޔާމީނަށް، އިބޫއަށް ދޭއް

18 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ލިބިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިއަދު ލިބިވަޑައިގެންފި އެވެ.

މިއީ، 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު (އެންމެ ގިނަ ވޯޓު) ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ. އެހެންކަމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނައިރު، ފުރަތަމަ ބުރުން ރައީސަކު ހޮވާނެ އެވެ.

ގުރުއަތު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ގުރުއަތުލުމުގައި ބައިވެރިވެވަޑައިގެން، ގުރު ނެންގެވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން، ޕީޕީއެމްގެ ނައިބު ރައީސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިބޫގެ ކެމްޕެއިން އެޖެންޓް، ގާނޫނީ ވަކީލް ހިސާން ހުސެއިނެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޝަހީމް އަތް ގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އަބްދުﷲ ޔާމީނާއި ޝަހީމް އަތް ގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ކެނޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ހަމަޖައްސަވާފައިވާއިރު ރަނިން މޭޓަކަށް ހަމަޖެއްސެވީ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވިއިރު، ރައީސް ޔާމީނާއި އިބޫގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވި ހުސެއިން ނަސީރުގެ ފޯމް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ (ވ) އަދި ރަނިން މޭޓް ފައިސަލް ފޮޓޯއަކަށް ހުއްޓިލައިގެން.

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ (ވ) އަދި ރަނިން މޭޓް ފައިސަލް ފޮޓޯއަކަށް ހުއްޓިލައިގެން.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން މީގެ ކުރިން އިއުލާން ކުރެއްވި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފަ އެވެ.

އިދިކޮޅު ކޯލިޝަނާއި ވެރިކަން ކުރާ ޕީޕީއެމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމީނާއެކު، މަސައްކަތް ކުރަނީ އެމްޑީއޭ އާއި ޑީއާރުޕީންނެވެ. އެކަމަކު އިބޫގެ ފަހަތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނަށް ތާއީދު ކުރާ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މައުމޫން މިހާރު ވެސް ހުންނެވީ ޖަލު ހުކުމްތަކެއްގަ އެވެ. އޭގެ ތެރެއިން ރައީސް މައުމޫން ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ނަޝީދާއި ގާސިމް އުޅުއްވަނީ ބޭރުގެ ސިޔާސީ ހިމާޔަތް ހޯދަވައިގެންނެވެ.

އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.