25 އޯގަސްޓް 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ކަންކަން ބެލެހެއްޓުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މި ރޭ ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ކަންކަން ބެލެހެއްޓުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މި ރޭ ބުނެފި އެވެ.
އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާ އިރު، އެ މަނިކުފާނު ގެ އަށް ބަދަލު ނުކުރާތީ އެ މަނިކުފާނުގެ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ކަރެކްޝަންސް އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މަނިކުފާނު މާފުށީ ޖަލަށް ގެންދިޔައީއްސުރެން ފެށިގެން އެ މަނިކުފާނަށް ޚާއްސަ އުސޫލުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ގޮތުން އެ މަނިކުފާނު ހުންނަވަނީ ދަތިކަމެއް ނެތި އުޅެވޭ ގޮތަށް ވަކިން ހުންނަ ތަނެއްގައި ކަމަށާއި އެ މަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ކޮންމެ ދުވަހަކު ޖަލަށް ވަޑައިގަތުމުގެ ފުރުސަތު އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ލިބިދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި އަބަދު ވެސް މީހަކު ބަހައްޓާފައި ހުންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މައުމޫންގެ އާލާސްކަންފުޅަށް ބޭނުންވާ ޑޮކްޓަރުންނާއި ބޭހުގެ ހުރިހާ ކަމެއް ވެސް ދަނީ ބަލަހައްޓަމުންނެވެ. ބޭނުންވާ ވަގުތުތަކުގައި ޑޮކްޓަރުންނާއި ބޭހުގެ ޚިދުމަތްތައް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެއްވެސް ހާލެއްގައި އެ މަނިކުފާނަށް ބޭނުންވާ ސިއްހީ ޚިދުމަތެއް ލިބިދިނުމުގައި އިހުމާލުވެފައި ނުވާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އުމުރުން 80 އަހަރުފުޅުގެ މައުމޫނަށް ދިމާވެފައިވާ އާލާސްކަންފުޅުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެތީ އެ މަނިކުފާނު ގެ އަށް ބަދަލު ކޮށްދޭން އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުން ގެންދަނީ އެދެމުންނެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އިއްވާފައިވާ އިރު، އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ.
"ލުުއި ނުދެނީ ބަޔަކު ދައްކާ ވާހަކަ ހަޖަމް ނުވާތީ"
މައުމޫންގެ ދިފާއުގައި 100 އަށް ވުރެ ގިނަ ހެކިން
މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރު ނުކުރެވުނު
ހެކި ފޮރުވުމުގެ ތުހުމަތެއް މައުމޫންގެ މައްޗަށް ކޮށްފި
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
"މައުމޫން ޖަލަށް ބަދަލުކުރީ ހުން އައިސްފައި ހުއްޓާ"
ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާ: ވަކީލް
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
އޮފިސަރުންގެ މައްސަލަ: ތިން މީހަކާއެކު އެއްބަސްވުމެއް