25 އޯގަސްޓް 2018
ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދަށް ލުޔެއް ނުދީ، އެ މަނިކުފާނު އެކި ތަންތަނަށް ބަދަލު ކުރަމުން ދަނީ އެހެން ބަޔަކު ދައްކާ ވާހަކަތަކެއް ހަޖަމް ނުވާތީ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދަށް ލުޔެއް ނުދީ، އެ މަނިކުފާނު އެކި ތަންތަނަށް ބަދަލު ކުރަމުން ދަނީ އެހެން ބަޔަކު ދައްކާ ވާހަކަތަކެއް ހަޖަމް ނުވާތީ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި މައުމޫން މިދިޔަ ބުރާސްފަތި ދުވަހު ދޫނިދޫ ޖަލަށް ބަދަލު ކުރުމަށް ފަހު އިއްޔެ އަނެއްކާ ވެސް ވަނީ މާފުށީ ޖަލަށް ބަދަލު ކޮށްފަ އެވެ. އެ މަނިކުފާނު ދޫނިދޫ ޖަލަށް ބަދަލުކުރީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ކަމަށް އަޑު ފެތުރުނަސް، އެ ބަދަލުތައް ގެނައި ސަބަބެއް އަދި ނޭނގޭ ކަމަށް ވަކީލުން ބުންޏެވެ.
ވަކީލު މައުމޫން ވިދާޅުވީ މައުމޫނަށް ކުރިމަތިވެފައިވާ އާލާސްކަންފުޅުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން އެ މަނިކުފާނު ގޭގައި ބަހައްޓަން ޑޮކްޓަރުން ލަފާ ދީފައިވާ އިރު އެ މަނިކުފާނު ގެ އަށް ބަދަލު ނުކުރާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. ސިއްހީ އެކި މައްސަލަތަކާ ހުރެ ކުރިން ވެސް މީހުންގެ ބަންދަށް ލުއި ދީފައި އެބަހުރި ކަމަށާއި އެ ގޮތަށް، މައުމޫންގެ ބަންދަށް ލުޔެއް ނުދެނީ އެހެން ބަޔަކު ދައްކާ ވާހަކަތަކެއް ހަޖަމް ނުވެގެން ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ.
"އެހެން ބަޔަކު ދައްކާ ވާހަކައަކާ ހެދި ރައީސް މައުމޫންގެ ބަންދަށް ލުޔެއް ނުދިނުމަކީ އެއީ މާ ނުރައްކާތެރި ކަމެއް. އޭރުން އެެކަން އެވަނީ ސިޔާސީ ގޮތުން ހަޖަމް ނުވެގެން ކުރާ ކަމެއްގެ ގޮތަށް،" މައުމޫން ވިދާޅުުވި އެވެ.
One more thing.
— Maumoon Hameed (@maanhameed) August 25, 2018
Please pass on this message to your govt "source": if you have a problem with me, don't subject Pres. @maumoonagayoom or any other person in your custody to inhumane treatment. That's the coward's way.
Come at me directly if you dare. You know where to find me.
ރައީސް މައުމޫންގެ ބަންދަށް ލުުޔެއް ނުދެނީ ބަޔަކު ދައްކާ ވާހަކަތަކެއް ސަރުކާރަށް ހަޖަމް ނުވާތީ ކަމަށް ވަކީލު ވިދާޅުވިޔަސް، އެއީ ކޮން ބަޔަކު ދައްކާ ކޮން ވާހަކަތަކެއް ކަމެއް ވަކީލު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވަކީލު މައުމޫން ކުރެއްވި ޓުވީޓެއްގައި ސަރުކާރަށް މެސެޖް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެން ވިދާޅުވެފައިވަނީ، ތިމަންނާއާ މެދު އެއްވެސް މައްސަލައެއް އޮތް ނަމަ، އެކަން ރައީސް މައުމޫނަށް އަމާޒު ނުކުރުމަށެވެ. ނުވަތަ ސަރުކާރުން ހައްޔަރު ކޮށްފައި ހުރި އެހެން މީހެއްގެ ކިބައިން ވެސް އެކަމުގެ ބަދަލު ނުހިފުމަށެވެ.
"ނިކަން ހިތްވަރެއް ހުރިއްޔާ ސީދާ އަހަންނާ ދިމާލަށް އާދޭ! އަހަރެން ފެންނާނީ ކޮން ތަނަކުން ކަން ކަލޭމެންނަށް އެނގޭނެ!" މައުމޫން ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ވަކީލް މައުމޫން ވިދާޅުވި ގޮތުގައި ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ހަކުރު ބަލި ހުރުމުން މީގެ ދުވަސްކޮޅެއް ކުރިން އެ މީހާގެ ބަންދަށް ލުއި ދީފައި އެބަހުއްޓެވެ. އަދި ރައީސް މައުމޫންގެ އެއަށް ވުރެ ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ހުރިއިރު، އެ މަނިކުފާނު ގޭ ބަންދަށް ބަދަލު ނުކުރެވޭ ސަބަބާ މެދު ވަކީލު ސުވާލު އުފެއްދެވި އެވެ.
"ޑޮކްޓަރު އެބަ ލަފާ ދެއްވާ ރައީސް މައުމޫނަށް ދެއްވަން ޖެހޭނީ ހޯމް ބޭސްޑް ތެރަޕީ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން އިތުރު ފަރުވާ އަށް އެ މަނިކުފާނު މާލެ ގެނައުމަށް މަސައްކަތް ކުރިކަމުގެ މައުލޫމާތެއް އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުންނަށް ލިބުނެވެ. ފަހުން އެ ދަތުރު ކެންސަލްކުރީ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
"ޑޮކްޓަރަށް ދައްކަން މާލެ ގެނައުމަށް މަސައްކަތް ކުރީ ކަމަށް އެނގިފައި އޮތީ. ކޮންމެހެން ގެެ އަށް ބަދަލުކުރާ ގޮތަކަށް ނޫން އެއީކީ،" ވަކީލް ވިދާޅުވި އެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާއެއް ސާބިތުވެ، މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރެ އެވެ.
"މައުމޫންގެ ސިއްހީ ކަންކަމަށް އިހުމާލެއް ނުވަން"
މައުމޫންގެ ދިފާއުގައި 100 އަށް ވުރެ ގިނަ ހެކިން
މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރު ނުކުރެވުނު
ހެކި ފޮރުވުމުގެ ތުހުމަތެއް މައުމޫންގެ މައްޗަށް ކޮށްފި
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
"މައުމޫން ޖަލަށް ބަދަލުކުރީ ހުން އައިސްފައި ހުއްޓާ"
ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާ: ވަކީލް
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ: މައުމޫން
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ
ޖަލުގައި ބަޑިޖެހިމައްސަލަ އަދިވެސް ބަލަންޖެހޭ: އެމްޑީޕީ