"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވާތީ، ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިޔޫ ޖެހެން ފަށައިފި އެވެ.
26 އޯގަސްޓް 2018
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވާތީ، ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިޔޫ ޖެހެން ފަށައިފި އެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މި މަޝްރޫއުގެ ދަށުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންވެ، މި ފަހުން، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަަކު އަންނަނީ ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅަމުންނެވެ.
ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވައިލި ނަމަވެސް، ކުރީކޮޅު އެ ކަމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެކަމަކު ފަހުން، ފޯމު ހުށަހަޅާ މީހުންގެ އަދަދު އިތުރުވެ، މިދިޔަ ބޮޑު އީދުގެ ތެރޭގައި ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ފޯމުތަކެއް، ހައުސިންގެ މުވައްޒަފަކު ބަލައިގަންނަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
"އީދު ތެރޭގައި ވެސް ވަރަށް ގިނަ ބަޔަކު ފޯމު ހުށަހަޅަން އައި. މި ފަހަކަށް އައިސް، ވަރަށް ގިނަ ބަޔަކު އެބަ ފޯމު ހުށަހަޅަން ކިޔޫގައި ޖެހޭ،" ހައުސިން މިނިސްޓްރީގެ ތަރުޖަމާން އަހްމަދު ފަޒާލް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ އަދަދެއް، މިނިސްޓްރީން އަދި އާއްމެއް ނުކުރެ އެވެ. އެކަމަކު މުއްދަތު ހަމަވާން ކައިރިވުމާއެކު ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ފޯމު ހުށަހަޅާނެތީ، ވީ އެންމެ އަވަހަކަށް އެކަން ކޮށް ނިންމުމަށް ހައުސިން އިން އިލްތިމާސް ކުރެ އެވެ.
ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމާއެކު، ބައިލައްކައެއްހާ މީހުން ވަނީ ފޯމު ނަގައިފަ އެވެ.
ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
"މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ފްލެޓްތަކަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށެވެ.
ހުޅުމާލޭން ދޫކުރާ ފްލެޓަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކެއް-- މިހާރު ފޮޓޯ: ހުސެން ވަހީދު
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!