Roadha Mihaaru
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް

08 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން އެޗްޑީސީން މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން އެޗްޑީސީން މިއަދު ފަށައިފި އެވެ.

ގުރުއަތުލުން ކުރިއަށް ގެންދާ ގޮތް ބައެއް ޓީވީ ސްޓޭޝަންތަކުން ލައިވްކޮށް ދައްކަ އެވެ. ފްލެޓް ލިބުނު މީހުންނަށް މެސެޖަކުން އެކަން އަންގާނެ ކަމަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު އެ ތަންތަނަށް ނަން ދީފައި ވަނީ އެޗް1 އިން ފެށިގެން އެޗް16 އަށެވެ.

އެޗްޑީސީން މިއަދު ގުރުއަތުލަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ. އެއީ 188 ފްލެޓެވެ.

ފުރަތަމަ ފަންގިފިލާގެ ގުރުއަތުލުންލުން ފެށުން--

ފުރަތަމަ ފަންގިފިލާގެ ގުރުއަތުލުންލުން ފެށުން--

ޑައުންޕޭމަންޓާ ނުލައި ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މި ސަރުކާރުން ކަނޑަައަޅާފައި ވަނީ 7،500ރ. އެވެ. ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައިވެ އެވެ.

ހިޔާ ފްލެޓްތައް އިމާރާތް ކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލަޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ. ނަމަވެސް ސަރުކާރުންް މިވަނީ އެ އަގު ކުޑަކޮށްދީފަ އެވެ.

ޑައުންޕޭމަންޓް ދައްކާ މީހުންްނަށް ދެ އޮޕްޝަނެއް ދޭނެކަމަށް ސަރުކާރުންް ބުނެ އެވެ. މިހާރު ކުރިއަށް ގެންދަނީ އެ މަޝްވަރާ އެވެ.

ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެތަނުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.