ތިން ރަށެއްގައި ބަނދަރު ހެދުމާއި، ތޮށިލުން އަދި ޖެޓީ ހެދުމުގެ ތިން މަޝްރޫއުއެއްގައި ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
27 އޯގަސްޓް 2018
ތިން ރަށެއްގައި ބަނދަރު ހެދުމާއި، ތޮށިލުން އަދި ޖެޓީ ހެދުމުގެ ތިން މަޝްރޫއުއެއްގައި ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކުރީ ވ. ކކެޔޮދޫގެ ބަނދަރުގެ ދެވަނަ މަރުހަލާގެ މަސައްކަތާއި މ. ނާލާފުށީގެ ތޮށިލުމުގެ މަސައްކަތް ފުރިހަމަ ކުރުމަށެވެ. ފުލިދޫގެ ޖެޓީ ހެދުމުގެ މަސައްކަތް ހަވާލުކުރީ އިނާ ޓްރޭޑިން ކޮމްޕެނީއާ އެވެ.
މި މަޝްރޫއުތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއެފްއޯ) އަހްމަދް ކުރިކް ރިޒާ އެވެ. އިނާ ޓްރޭޑިން ކޮމްޕެނީގެ ފަރާތުން ސޮއިކުރައްވާ މަޝްރޫއުއާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާރިފް އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް (ކ)، އަދި އިނާ ޓްރޭޑިންގް ކޮމްޕެނީގެ މެނޭޖިންގް ޑައިރެކްޓަރު އަހްމަދް އާރިފް އެއްބަސްވުން ބަދަލުކުރަނީ. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
މި ތިން މަޝްރޫއަށް 37.7 މިލިއަން ރުފިޔާ ހޭދަކުރ އިރު ކެޔޮދޫ ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތަށް 20.3 މިލިއަން ރުފިޔާ، ނާލާފުށީގެ ކަނޑު ތޮށި ލާން 12.4 މިލިއަން ރުފިޔާ އަދި ފުލިދޫގެ ޖެޓީއަށް 4.9 މިލިއަން ރުފިޔާ އަރަ އެވެ.
މި މަޝްރޫއުތައް ނިންމަން ދީފައި ވަނީ ތިން މަހާއި ހަ މަހުގެ މުއްދަތެވެ.
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން ބަންދުކުރަނީ
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ފަށައިފި
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަނީ
ތާރުއަޅަން ޖުމްހޫރީ މައިދާން ކައިރި މަގުތައް ބަންދު
ތިން ރަށް ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
ނާލާފުށިން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއަށް
މަގޫދޫ އެއާޕޯޓު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމަނީ