ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މީރާއިން މިއަދު މާފުކޮށްދޭން ނިންމައިފި އެވެ.
27 އޯގަސްޓް 2018
ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މީރާއިން މިއަދު މާފުކޮށްދޭން ނިންމައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ އެއީ، ޖޫރިމަނާ މާފު ކުރުމުގައި މިހާރު ވެސް އަމަލުކުރާ އާއްމު އުސޫލުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދޭ ހާއްސަ އިނާޔަތެއް ކަމަށެވެ. މިގޮތުން، ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތް ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު 27 ގެ ނިޔަލަށް ކަމަށް މީރާ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި، ކުދި ވިޔަފާރިތަކުގެ ގޮތުގައި މީރާއިން ގިންތި ކޮށްފައި ވަނީ، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން ބީޕީޓީ އާއި ވިތްހޯލްޑިން ޓެކްސް އާއި ޖީއެސްޓީ އަދި ގްރީން ޓެކުހާ ގުޅިގެން، މިދިޔަ ޖޫން 30 ގެ ނިޔަލަށް ދައްކަން ޖެހޭ ހުރިހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީރާއިން ބުނީ ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު ތެރޭގައި ވެސް މީރާއިން އެފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
40،000 ނުލިބޭ ވިޔަފާރި ރަޖިސްޓްރީ ކުރާކަށް ނުޖެހޭ
ކުދި ވިޔަފާރިން އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ
ހިސާބު ބެލެހެއްޓުމުގައި ކުދި ވިޔަފާރިތަކަށް ލުޔެއް ދީފި
20-30 މިލިއަނުން ވެސް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ
އާމްދަނީ 19 ޕަސެންޓު ވެއްޓިއްޖެ
ޔޮޓް ޓުއާޒްގެ އެކައުންޓް ފްރީޒްކުރީ ގޯސްކޮށް: ހުކުމް
28 ބިލިއަންގެ އާމްދަނީއެއް މީރާ އަށް ބަލައިގަތް
ޓެކްސްގެ ލުއިތަކުން 26 ބިލިއަން ދައުލަތަށް ގެއްލިފައި
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ