Roadha Mihaaru
ނެދަލެންޑްސްއާ ގުޅުން ކަނޑާލަން އެދި ޕާކިސްތާން މީހުން މަގުތަކަށް

ނެދަލެންޑްސްއާ ގުޅުން ކަނޑާލަން އެދި ޕާކިސްތާން މީހުން މަގުމައްޗަށް

30 އޯގަސްޓް 2018

އިސްލާމްއާބާދު (އޮގަސްޓް 30) - އިސްލާމް ދީނަށް ފުރައްސާރަ ކުރަން ނެދަލެންޑްސް އިން ކާޓޫން ކުރެހުމުގެ މުބާރާތެއް ބާއްވާފައިވާތީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލުމަށް އެދި ގޮވާލުމަށް ޕާކިސްތާނުގެ އެތައް ހާސް ބަޔަކު ވެރިރަށް އިސްލާމްއާބާދުގެ މަގުތަކަށް މިއަދު ނުކުމެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިހްތިޖާޖުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ތަހުރީކީ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ) ގެ މެންބަރުންނެވެ. މުޒާހަރާގެ ބައިވެރިން އިސްލާމްއާބާދަށް މިސްރާބު ޖެހީ ލާހޯރުންނެވެ. އިސްލާމްއާބާދުގައި މިއަދު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ޓީއެލްޕީގެ އެކްޓިވިސްޓުން އިހްތިޖާޖް ކުރަމުން ދަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ނެދަލެންޑްސްގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ގީޓް ވިލްޑާސް ބޭއްވި ކާޓޫން ކެރުހުމުގެ މުބާރާތަކާ ގުޅިގެންނެވެ. ނެދަލެންޑްސް ސަރުކާރުން ބުނެފައި ވަނީ ގީޓް ވިލްޑާސް އަކީ ސަރުކާރުގެ މެންބަރެއް ނޫން ކަމަށެވެ.

"ކާޓޫން ކުރެހުމުގެ މުބާރާތަކީ ސަރުކާރުގެ އިސް ނެގުމެއް ނޫން،" ނެދަލެންޑްސްގެ ބޮޑު ވަޒީރު މާކް ރުއްޓެ ވިދާޅުވި އެވެ.

ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމަށް ބުނެ ކާޓޫން މުބާރާތް ހުއްޓުވަން ނެދަލެންޑްސް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.