Roadha Mihaaru
ބޭބެއަށް އަނިޔާވެރިވާ މީހަކު އޯގާތެރިއެއް ނުވާނެ:އިންތި

ބޭބެއަށް އަނިޔާވެރިވާ މީހަކު ރައްޔިތުންނަށް އޯގާތެރިއެއް ނުވާނެ: އިންތި

31 އޯގަސްޓް 2018

އަމިއްލަ ބޭބެއަށް އަނިޔާވެރިވާ މީހަކު ރައްޔިތުން ދެކެ ލޯބިނުވާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީނަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަމިއްލަ ބޭބެއަށް އަނިޔާވެރިވާ މީހަކު ރައްޔިތުން ދެކެ ލޯބިނުވާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީނަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމާ އެކު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ކެންދޫގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޖަލްސާގައި އިން އާންމު މީހަކު އޭނާއާ ސުވާލުކުރީ "އަބްދުﷲ ޔާމީންގެ އަމިއްލަ ބޭބޭފުޅު ކޮބާތޯ؟" އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ އަމިއްލަ ބޭބެއާ ދޭތެރޭ އޯގާތެރިނުވި މީހަކު ރައްޔިތުންނާ ދޭތެރޭ އޯގާތެރިވާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.

Maumoon ah Raess yamin ge ihulaastheri kameh neiy: Vakeel

Maumoon ah Raess yamin ge ihulaastheri kameh neiy: Vakeel

The most trusted news source in the Maldives

Mihaaru

މައުމޫން އަށް ރައީސް ޔާމީންގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވަކީލުން ވިދާޅުވުން-

"އަމިއްލަ ބޭބޭފުޅާ މެދުގައި މިހާ ނުހައްގު. މިހާ ގޮތް ކުޑަ. އަނިޔާވެރިވި މީހަކު ދިވެހި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މީނާ ކަމޭހިތާނެ ނުވަތަ އިހުސާންތެރި ވާނެތޯ؟ ވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ވެސް ކޮށްގެންވާނެ" އިންތި ވިދާޅުވި އެވެ.

ރޯދަމަހުގެ 27 ވިލޭ ރޭ ރައީސް މައުމޫންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ބޭއްވީ ފުރައްސާރަ ކުރުމަށް ކަމަށާއި 83 އަހަރުގެ ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވަނިކޮށް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކުރުމަކީ އަނިޔާވެރިވުން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އަންނަ މަހު 23 ގައި ބާއްވާ އިންތިހާބުގެ ކެމްޕޭނާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. ހުރިހާ ވާދަވެރިން ޖަލަށް ލުމަށް ފަހުގައި ބާއްވަން އުޅެނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އިންގިލާބެއް. އެ އިންގިލާބު އިންސާފުވެރި ވިޔަސް ނުވިޔަސް އަޅުގަނޑުމެން ކާމިޔާބު ކުރާނަން. އަދި އެ އިންގިލާބުން ރައީސް އަބްދުﷲ ޔާމީން އަޅުގަނޑުމެން ބޭރުކުރާނަން،" އިންތި ވިދާޅުވި އެވެ.

އިންތި އެއްވުމެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

އިންތި އެއްވުމެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވައްކަން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެ ހިޔާނާތްތަކުގެ ތުހުމަތުތަކެއް އިންތި ވަނީ ރައީސް ޔާމީނަށް ކުރައްވައިފަ އެވެ.

ބޭރުގެ ގުޅުންތަކާ ބެހޭ ގޮތުން އިންތި ވިދާޅުވީ ސަރުކާރުގެ އަމަލުތައް އިސްލާހު ކުރަން ގޮވާލުމުން ކޮމަންވެލްތުން ވަކިވެފައިވާ އިރު ދައުލަތުގެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ކޮމަންވެލްތުގެ ސްކޮލާޝިޕްތަކުން ކިޔެވި ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން މިއަދު އިސް މަގާމުތަކަށް ވަޑައިގެން އެ ޖަމިއްޔާއާ ގުޅުން ކަނޑާލުމުން އެތައް ދިވެހިންނަކަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ "ޖަރީމާއެއް" ހިންގުމަށް ފަހު އެކަން ފޮރުވަން ސަރުކާރުން ރައްޔިތުންނަށް ސިޓީ އުރަ ބަހަމުން ގެންދާ ކަމަށެވެ.